ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
"ޗީފް އެކައުންޓެންޓް" ގެ މަޤާމަށް މީހަކު ހޯދުމަށް މި އޮފީހުން ކޮށްފައިވާ ނަންބަރު 216MPAO/I/2016/28 (13 އޮކްޓޫބަރު 2016) ގެ އިޢުލާނާ ގުޅިގެން، އެ ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ އަދަދު އެކަށީގެންވާވަރަށްވުރެ މަދުކަމަށް ފާހަގަކުރެވޭތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.
މަޤާމް: ޗީފް އެކައުންޓެންޓް
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: މަހަކު -/24،000 ރުފިޔާއާއި -/26،000 ރުފިޔާއާ ދެމެދުގެ އަދަދެއް
ފެންވަރު ނުވަތަ ޝަރުޠު:
1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ބެޗެލާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ، އޭ.ސީ.ސީ.އޭ، އޭ.އޭ.ޓީ، ސީމާ ނުވަތަ ސީ.ޕީ.އޭގެ ޕްރޮފެޝަނަލް ލެވެލްގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.
2. އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިންް މެނޭޖްމެންޓް ލެވެލްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
3. މައިކްރޯސޮފްޓް އެކްސެލް، ކުއިކް ބުކްސް، އޮފީސް އެޕްލިކޭޝަން ސޮފްޓްވެއަރ ރަނގަޅަށް ބޭނުންކުރަން އެނގުން.
4. ދިވެހިބަހާއި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.
ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިޔުންތަކާއެކު، ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް ފޮނުވުން އެދެމެވެ.
- މި މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ފުރަތަމަ އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުން، އަލުން އެޕްލިކޭޝަން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.
އިންޓަވިއު:
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
ތަކެތި ހުށަހަޅަންޖެހޭ އެޑްރެސް:
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޫކައި ސުއިޓްސް (6 ވަނަ ފަންގިފިލާ)
ހަވީރީ ހިނގުން، މާލެ.
ފޯނު: 1441
އީމެއިލް: [email protected]
އިތުރު މަޢުލޫމާތު:
ވަޒީފާއަށްއެދޭ ފޯމާއި، މި މަޤާމުގެ ވަޒީފާ ބަޔާން، މި އޮފީހުގެ http://pension.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
30 މުޙައްރަމް 1438