ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2016/251
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 06 ނޮވެންބަރު 2016 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑްރައިވަރެއް ބޭނުންވެއްޖެ

މަޤާމް :ޑްރައިވަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: ޑްރައިވަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/4410 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރުދުވަސް)

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ހުޅުމާލެ ފިހާރަ

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: މަހަކު -/1350 ރުފިޔާއާއި -/2400 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* ބޯނަސް: ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ.

* އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެމަތިން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެއެވެ.

* ޕްރޮބޭޝަން ހަމަވުމުން، ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރިކުރެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތު:

* ވެހިކަލްގައި ކުރަންޖެހޭ ދަތުރު، ކުންފުނިން އަންގާ ގޮތެއްގެ މަތިން ކުރުން.

* ކުންފުނިން  ހަވާލުކޮށްފައިވާ  ވެހިކަލަކަށް  ގެއްލުމެއް ލިބި  ނުވަތަ  މަރާމާތުކުރަން  ދިމާވެއްޖެނަމަ،  ސުޕަވައިޒަރަށް  އެންގުމާއި،  ހަމަޖެހިފައިވާ ގޮތުގެ މަތިން  އެ  އުޅަނދު  މަރާމާތުކުރުމުގެ ކަންކަން ކުރުން.

* ހަވާލުކުރެވިފައިވާ އުޅަނދު ފޮޅައި ސާފުކޮށް ބެލެހެއްޓުން.

* ހަވާލުކޮށްފައިވާ ވެހިކަލްގެ މެއިންޓެނަންސް ބެލެހެއްޓުން.

* ވެހިކަލް ދުއްވުމަށް ހަމަޖެހިފައިވާ ޤާނޫނާއި ގަވާއިދުން ވެހިކަލް ދުއްވުމާއި ޕާކުކުރުން.

ތަޢުލީމާއި ތަޖުރިބާ:

* ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސިބަހާއި ދިވެހިބަހުން ލިޔަން ކިޔަން އެނގުން.

* B1، C1،C2 އާއި CO  ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް އޮތުން.

* ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ޞިއްހަޙަތު ރަނގަޅު މީހެއްކަމުގައިވުން.

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 6 ވާ އާދީއްތަ ދުވަހުގެ 12:30 ގެ ކުރިން، އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު، ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، އެސްޓީއޯގެ ހުޅުމާލޭ ފިހާރައިންނާއި، އެސްޓީއޯ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

- އިންޓަވިއުއަށް ކިޔޭނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކެންޏެވެ.

- މި މަޤާމަށް ހޮވޭނީ، ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިިގެން އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.

- ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272 ފެކްސް: 3344041   

ނުވަތަ

އެސްޓީއޯ 162 ނަންބަރު ފިހާރަ

ބަގީޗާ ހިނގުން، ކ. ހުޅުމާލެ

ފޯން: 3012647

29 މުޙައްރަމް 1438

30 އޮކްޓޫބަރު 2016