ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2016/236
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 12:21
ސުންގަޑި: 09 ނޮވެންބަރު 2016 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ - ބިޒްނަސް ޑިވެލޮޕްމަންޓް

މަޤާމް :މެނޭޖަރ - ބިޒްނަސް އެޑްމިނިސްޓްރޭޝަން
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް

މުސާރައާއި އެލަވަންސް:

މަހަކު -/17،500 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް - 1 (އެކެއް) އަހަރުދުވަހަށް

މަސައްކަތްކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

ބިޒްނަސް ޑިވެލޮޕްމަންޓް

މަޤާމުގެ ޝަރުޠު:

އަންޑަގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ ދާއިރާގެ ސެކްޝަނުގެ އިސް މަޤާމެއްގައި 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ކުންފުނީގެ ޑިވެލޮޕްމަންޓަށް ބޭނުންވާ ސަރވޭތައް ފުޅާދާއިރާއެއްގައި ކުރުމާއި، ސްޓެޓިސްޓިކަލް ޑާޓާ އިވެލުއޭޓްކޮށް، ޕްލޭންތައް އެކުލަވައިލުމާއި، ޕްރޮޖެކްޓްތަކުގެ ފީސިބިލިޓީ ހަދައި، ޕްރޮޖެކްޓްތައް މެނޭޖްކުރުމާއި، އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ކުންފުނީގެ ޑިވެލޮޕްމަންޓަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުންފުނީގެ ޑިޕާޓްމަންޓްތަކާ ގުޅިގެން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

- މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި، އައު ވިސްނުންތައް ހުރި މިންވަރު ބެލޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ،

- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.

- ވަޒިފާއަށް އެދޭކަމުގެ ސިޓީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

- ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް، ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ނޮވެންބަރު 9 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

29 މުޙައްރަމް 1438

30 އޮކްޓޫބަރު 2016