ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MHCL/MHCL/2016/18
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 16 ނޮވެންބަރު 2016 15:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ހެޑް އޮފް ކޯޕަރޭޓް އެފެއާޒް

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/10،000 ރުފިޔާ 

އެލެވަންސް:

1. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށްދޭ އެލަވަންސް: ދުވާލަކަށް -/135 ރުފިޔާ

2. ސަރވިސް އެލަވަންސް: ދުވާލަކަށް -/116 ރުފިޔާގެ ރޭޓުން

3. ފޯން އެލަވަންސް: މަހަކު -/300 ރުފިޔާ

4. ސެޓުފިކެޓު އެލަވަންސް: އަސާސީ މުސާރައިގެ %40  

ފެންވަރު ނުވަތަ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. ބިޒްނަސް މެނޭޖްމެންޓް /އެޑްމިނިސްޓްރޭޝަން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

3. މައިކްރޮސޮފްޓް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.

4. ދިވެހިބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގުން.

5. ވޭތުވެދިޔަ 5 އަހަރުދުވަހު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.

6. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. އޮފީހުގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުމާއި، ހިއުމަން ރިސޯސް ސެކްޝަނާއި ކަސްޓަމަރ ރިލޭޝަން ސެކްޝަނުގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.

2. ކޯޕަރޭޝަނުގެ އިދާރީ ކަންކަން ހަރުދަނާކޮށް ކުރިޔަށްގެންދިޔުމަށް ބޭނުންވާ މެނުއަލްތަކާއި އެސްއޯޕީތައް ތައްޔާރުކުރުން.

3. ކޯޕަރޭޝަނުގެ އިދާރީ މުވައްޒަފުންނާއި، ކަސްޓަމަރ ރިލޭޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.

4. ޙައްޖާއި ޢުމްރާއާ ގުޅޭގޮތުން އާންމު ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، ހަމަޖައްސަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.

5. ކޯޕަރޭޝަނުގެ ފަރާތުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގެ ޔައުމިއްޔާ، ކޮންމެ ހަފުތާއެއް ނިމުމުން ތައްޔާރުކުރޭތޯ ބެލުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަމުންދާކަން ޔަގީންކުރުން.

6. އޮފީހުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

މަޤާމް:

މެންބަރ ރިލޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

މަހަކު -/5،000 ރުފިޔާ

އެލެވެންސް:

1. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށްދޭ އެލަވަންސް: ދުވާލަކަށް -/75 ރުފިޔާ

2. ސަރވިސް އެލަވަންސް: ދުވާލަކަށް -/66 ރުފިޔާ

3. ފޯން އެލަވަންސް: މަހަކު -/200 ރުފިޔާ

4. ސެޓުފިކެޓު އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40  

ފެންވަރު ނުވަތަ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

3. މައިކްރޮސޮފްޓް ޕެކޭޖް ބޭނުންކުރަން އެނގުން.

4. ދިވެހި ބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގުން.

5. ވޭތުވެދިޔަ 5 އަހަރުދުވަހު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.

6. ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1. ކަސްޓަމަރ ރިލޭޝަންސްގެ އެންމެހައި ކަންކަމެއް ސުޕަވައިޒަރުގެ ބެލުމުގެ ދަށުން ކުރުން.

2. ކޯޕަރޭޝަންއަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުމާއި، ކަސްޓަމަރުންނަށް މަޢުލޫމާތު ދިނުން.

3. ކޯޕަރޭޝަނުގެ މެންބަރުންގެގޮތުގައި ރަޖިސްޓްރީވުމަށް އަންނަ ފަރާތްތަކުގެ ފޯމު ޗެކްކުރުމާއި، ފޯމު ބަލައިގަނެ، ފޯމުތައް ސިސްޓަމަށް އެންޓަރކުރުން.

4. ކޯޕަރޭޝަނުގައި ރަޖިސްޓްރީވާ މެންބަރުންގެ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

5. ކޯޕަރޭޝަނަށް އަންނަ ލިޔުންތަކާއި، ފޮނުވޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުމާއި، އަންނަ ސިޓީތަކަށް މެނޭޖްމަންޓުގެ އިރުޝާދުގެދަށުން ޖަވާބު ތައްޔާރުކޮށް ސިޓީ ފޮނުވުމުގައި އެހީތެރިވުން.

6. ސުޕަވައިޒަރުގެ އިރުޝާދުގެދަށުން އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި އެހީތެރިވެދިނުން.

7. ކޯޕަރޭޝަނުގެ ސެކްޝަންތަކުން ކުރެވޭ މަސައްކަތްތަކުގެ ހަފުތާގެ ރިޕޯޓް ތައްޔާރުކުރުމުގައި ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

8. ޙައްޖާއި ޢުމްރާ ދަތުރުތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތެއްގައި ބައިވެރިވުން.

9. ކޯޕަރޭޝަނުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމާއެކު،  އޮފީހުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމް:

ހިއުމަން ރިސޯސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

މަހަކު -/5،000 ރުފިޔާ

އެލެވެންސް:

1. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށްދޭ އެލަވަންސް:  ދުވާލަކަށް -/75 ރުފިޔާ

2. ސަރވިސް އެލަވަންސް: ދުވާލަކަށް -/66 ރުފިޔާ

3. ފޯން އެލަވަންސް: މަހަކު -/200 ރުފިޔާ

4. ސެޓުފިކެޓު އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40  

ފެންވަރު ނުވަތަ ޝަރުޠު:

1. ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 

3. ދިވެހިބަހުންނައި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގުން.

4. ވޭތުވެދިޔަ 5 އަހަރުދުވަހު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.

5. ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ކުރުން.

2. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކުރެވިދާނެ ގޮތްތައް ފާހަގަކޮށް، އެފަދަ ޕްރޮގްރާމްތައް ރާވައި ހިންގުން.

3. ކޯޕަރޭޝަނުގެ އިދާރީ އޮނިގަނޑު ސިސްޓަމުން ފަސޭހައިން ފެންނާނެހެން ބަލަހައްޓައި، ވެބްސައިޓުގައި ޖެހުމާއި، އޮނިގަނޑާ ބެހޭގޮތުން މަޢުލޫމާތުދީ، އޮނިގަނޑަށް ގެނެވޭ ބަދަލުތައް އަޕްޑޭޓްކުރަމުން ގެންދިއުން. 

4. ކޯޕަރޭޝަނުގެ މަޤާމުތަކުގެ ވަޒީފާ ބަޔާން ތައްޔާރުކޮށް، ވަޒީފާ ބަޔާނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

5. މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ފާހަގަކޮށް، އެ ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ކުރިއަށްގެންދިއުން.

6. މަސައްކަތާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

7. މުވައްޒަފުންގެ އެޓެންޑެންސް ރިވިއު، މަހުން މަހަށް ތައްޔާރުކޮށް ސުޕަވައިޒަރަށް ފޮނުވުން.

8. ކޯޕަރޭޝަނުގެ މުވައްޒަފަކު ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެ މުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ހަވާލުކުރާ މަސައްކަތްތައް ކުރުން.

9. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަސައްކަތު ވަގުތު:

މި ކޯޕަރޭޝަނުގެ ރަސްމީ ގަޑި (ހެނދުނު 8:00 އިން ހަވީރު 16:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރުގަޑީގައިވެސް މަސައްކަތްކުރަން ޖެހިއްޖެނަމަ މަސައްކަތްކުރާގޮތަށް)

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޤާމަށް އެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައި)

4. އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންގެންދާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުން.

ސުންގަޑި:

ވަޒީފާއަށް  އެދި  ހުށަހަޅާ  އެޕްލިކޭޝަން  ފޯމު،  2016  ނޮވެންބަރު  16  ވާ  ބުދަ  ދުވަހުގެ  15:00  ގެ  ކުރިން، މޯލްޑިވްސް  ޙައްޖު  ކޯޕަރޭޝަން  ލިމިޓެޑަށް  ހުށަހެޅުން  އެދެމެވެ. އެޕްލިކޭޝަން  ފޯމު،  މި  ކޯޕަރޭޝަނުން  ލިބެން ހުންނާނެއެވެ. އަދި މި ކޯޕަރޭޝަނުގެ www.mhcl.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3011000 ނަންބަރު ފޯނަށެވެ.

1 ޞަފަރު 1438

01 ނޮވެންބަރު 2016