ދިވެހިރާއްޖެ
އިންފޮރމޭޝަން ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަށް ކޮންސަލްޓެންޓެއް ބޭނުންވެއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ނޭޝަނަލް ޑާޓާސެންޓަރގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތަށް ޝައުޤުވެރިކަންހުރި ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއެވެ. މި މަޤާމާބެހޭ މަޢުލޫމާތު މި އިދާރާގެ ވެބްސައިޓް (www.ncit.gov.mv) ގައިވާ "ޓާމްސް އޮފް ރިފަރެންސް" ގައި ބަޔާންކުރެވިފައިވާނެއެވެ.
މަޤާމު: |
ކޮންސަލްޓެންޓް ފޮރ އިންފޮރމޭޝަން ސިސްޓަމްސް ޑިވެލޮޕްމެންޓް |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުސާރަ: |
މަހަކު -/35،000 ރުފިޔާ |
ހުށަހަޅަންޖެހޭ ތާރީޚު: މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ 13:30ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް [email protected] ފޮނުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އެޑްރެހަށެވެ.
އޮފީހުގެ މަޢުލޫމާތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)
އީމެއިލް އެޑްރެސް: [email protected]
ވެބްސައިޓް: www.ncit.gov.mv
30 މުޙައްރަމް 1438