ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/22/2016/36
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 17:10
ސުންގަޑި: 10 ނޮވެންބަރު 2016 12:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

   މަޤާމު:                    އެޑްމިނިސްޓްރޭޓިވް އޮފިސަރ

   ބޭނުންވާ އަދަދު:               1

   ރޭންކް:                    ޖީ.އެސް 4

   ކްލެސިފިކޭޝަން:              އޮފިސަރ ގްރޭޑް 2

   މުސާރަ:                   މަހަކު -/5020 ރުފިޔާ

   ސަރވިސް އެލަވަންސް:          މަހަކު -/1500 ރުފިޔާ

   ވަޒީފާއޮތް އޮފީސް:             މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   ގިންތި:                   ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:    އޮޕަރޭޝަންސް އެންޑް ލޮޖިސްޓިކްސް މެނޭޖްމަންޓް ޔުނިޓް، އެޑްމިނިސްޓްރޭޓިވް ސަރވިސަސް ސެކްޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މިނިސްޓްރީގެ ސްޓޮކް މާލިއްޔަތު ޤާނޫނާ އެއްގޮތަށް ބެލެހެއްޓުމާއި، ސެކްޝަންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުން.
  2. މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި، މަސައްކަތުގެ މާހައުލަށް އެކަށީގެންވާ ވަސީލަތްތައް ފަހިކޮށްދިނުން.
  3. ސްކޫލްތަކަށާއި އޮފީސްތަކަށް ހޯދޭ ތަކެތި ފޮނުވުމުގެ އިންތިޒާމު ހަމަޖައްސައި، އޭގެ ރެކޯޑްސް ބެލެހެއްޓުން.
  4. މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ސަރުކާރުގެ އިމާރާތްތަކާއި، މިނިސްޓްރީން ކުއްޔަށް ހިފާފައި ހުންނަ ގުދަންތަކުގެ ރަޖިސްޓަރީ ތައްޔާރުކޮށް، އެތަންތަނުގެ މެއިންޓެނަންސްއާއި ސެކިއުރިޓީ ބެލެހެއްޓުން.
  5. މިނިސްޓްރީގެ ސެކްޝަންތަކުގެ ފައިލްތަކާއި ދުވަސްވީ ލިޔެކިޔުންތައް ސަރުކާރުގެ ގަވާއިދުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  6. މިނިސްޓްރީގެ އޮފީސް އިމާރާތުގެ ގޮތުގައި ބެލެވޭ ސަރަޙައްދު ރައްކާތެރިކަމާއެކު ސާފުތާހިރުކޮށް ބެލެހެއްޓުން
  7. މިނިސްޓްރީގެ ސެކްޝަންތަކަށް ހޯދިފައި ހުންނަ ފޮޓޯކޮޕީމެޝިން، ޕްރިންޓަރ، ސްކޭނަރ ފަދަ ތަކެތި މަރާމާތު ކުރުމާގުޅޭ އެންމެހައި މަސައްކަތް ކުރުން.

ޝަރުޠު:                                                 

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިޔުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިޔުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއެއްގެ 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ

އިންޓަރވިއު ކުރުން.

ހ. މި މަޤާމުގެ އިންޓަރވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައެވެ.

ށ. މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެވެ.

ނ. ވަޒީފާގެ އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4 ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ނޮވެންބަރު 10 ވަނަ ދުވަހުގެ 13:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341427 ފޯނަށް ގުޅުއްވުން އެދެމެވެ.

26 މުޙައްރަމް 1438

31 އޮކްޓޫބަރު 2016