ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އެމް.އޭ.ސީ.އެލް އަށް "އެލް.އީ.ޑީ އެޑްވަޓައިޒިންގ ޕެނަލް" އަދި "ސްކްރޯލިންގ ބޯޑްސް" ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުން އަންނަ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (އައި.އެން.އައި.އޭ) އަށް "އެލް.އީ.ޑީ އެޑްވަޓައިޒިންގ ޕެނަލް" އަދި "ސްކްރޯލިންގ ބޯޑްސް" ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2016 ނޮވެންބަރު 8 ވާ އަންގާރަދުވަހުގެ 14:00 ގައި މި ކުންފުނީގެ މައިއިދާރާ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި އޮންނާނެއެވެ. މިކަމާބެހޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ދެންނެވިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ނަގަން ހާޒިރުވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ނުނެގޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ނަގަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 14:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 14:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި ބީލަން އެވޯޑުކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/ 3337236/ 3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.