ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ ދިވެހި އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތުގައި މަސައްކަތްކުރާނެ ތިރީގައި މިދަންނަވާ މަޤާމަށް ނުވަތަ މަސައްކަތަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ސިޓީ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: ކޮންސަލްޓެންޓް (ދިވެހި އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތް) |
އަދަދު: 1 (އެކެއް) |
ފެންވަރު ނުވަތަ ޝަރުޠު:
|
މަޤާމުގެ ޓަރމްސް އޮފް ރިފަރެންސް، މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބޭނެއެވެ. މި ވަޒީފާއަށް އެދި ސިޓީ ހުށަހަޅާއިރު، ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
- މަޤާމާ ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާޞާއެއް ސިޓީގައި ހިމެނިފައިވާންވާނެއެވެ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓުފިކެޓެއްނަމަ، އެކްރެޑިޓްކުރެވިފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ)،
- ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީ
- ކުންފުންޏަކުން ކުރިމަތިލާނަމަ، ރަޖިސްޓްރޭޝަނުގެ ކޮޕީއާއި، ކުންފުނީގެ ޕްރޮފައިލެއް ހިމަނާފައި އޮންނަންވާނެއެވެ.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ނުވަތަ ކުންފުނިތަކުން، ޓަރމްސް އޮފް ރިފަރެންސްގައިވާ ގޮތުގެ މަތިން، 9 ނޮވެންބަރު 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅާނަމަ، [email protected] އަށް މެއިލްކުރުން އެދެމެވެ.
ސިޓީއުރައިގެ ބޭރުގައި "ދިވެހި އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތުގެ ވަޒީފާއަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.
ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާނީ:
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.
ފޯނު: 3333143، 3333124, 3333160 (960)+
އީމެއިލް: [email protected]
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
25 މުޙައްރަމް 1438