މަސައްކަތް
ނަންބަރު: (IUL)167-PR/1/2016/63
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 02 ނޮވެންބަރު 2016 14:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ޑިޖިޓަލް ރޭޑިޔޯ ކޮމިއުނިކޭޝަން ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވާ ސާމާނާއި، މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސަރވިސްއަށް ޑިޖިޓަލް ރޭޑިޔޯ ކޮމިއުނިކޭޝަން ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވާ ސާމާނާއި، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސަރވިސްއަށް ޑިޖިޓަލް ރޭޑިޔޯ ކޮމިއުނިކޭޝަން ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވާ ސާމާނާއި، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ކުރެވުނު ނަންބަރު: (IUL)167-PR/1/2016/61 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ތިންފަރާތުން ހާޒިރުވެފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

2 ނޮވެންބަރު 2016

ބުދަ

14:00

އަންދާސީހިސާބު ހުށަހެޅުން

6 ނޮވެންބަރު 2016

އާދީއްތަ

14:00

25 މުޙައްރަމް 1438

27 އޮކްޓޫބަރު 2016