ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)301/301/2016/63
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 20:47
ސުންގަޑި: 07 ނޮވެންބަރު 2016 13:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްންޓް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ(IUL)301-AS/301/2016/50  ނަންބަރު އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރީމެވެ.

މަޤާމް:

އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްންޓް އޮފިސަރ (ވަގުތީ)

މަޤާމުގެ ބާވަތް:

ވަގުތީ (2 އަހަރުދުވަހަށް)

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަސައްކަތް ކުރަންޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް، އަނގޮޅިތީމް ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ މުނާސަބަތުގައިދޭ ޚާއްޞަ އެލަވަންސްގެ ފައިސާ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ އަސާސީ ޝަރުޠު:

1. މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. އިކޮނޮމިކް ޑިވެލޮޕްމަންޓް ޝެކްޝަނަށް ހުށަހެޅޭ މައްސަލަތައް ރެކޯޑްކޮށް ބެލެހެއްޓުމާއި، ހުށަހެޅޭ މައްސަލަތަކުގެ ރިޕޯޓު، ކަމާގުޅޭ ދާއިރާތަކަށް ފޮނުވުން.

2. ޝެކްޝަނަށް ހުށަހެޅޭ ސިޓީއާއި، މެސެޖުފަދަ ތަކެއްޗަށް ޖަވާބުދިނުން.

3. ރަށަށް އަރާފައިބާ ބިދޭސީންގެ ދަފްތަރު ތައްޔާރުކޮށް ބެލެހެއްޓުމާއި، ބިދޭސީންގެ ރެކޯޑުތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

4. އަނގޮޅީމް ކައުންސިލްގެ އިދާރާއަށް ބޭނުންވާ ލިޔެކިޔުމާ ބެހޭގޮތުން ހޯދާތަކެތި ފިޔަވައި އެހެނިހެން ތަކެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހޯދުމަށް ބޭނުންވާ ފޯމުތައް ތައްޔާރުކުރުމާއި، އެތަކެތި ހޯދައިދިނުމާއި، ތަކެތީގެ ސްޓޮކް ލިޔެ ބެލެހެއްޓުން.

5. އަނގޮޅިތީމް ބަނދަރު ބައްތިއާއި، އިޖުތިމާޢީ ސަރަހައްދަށާއި މަގުބައްތިތަކަށް ބޭނުންވާ ތަކެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހޯދުމަށް ބޭނުންވާ ފޯމުތައް ތައްޔާރުކުރުމާއި، އެތަކެތި ހޯދުމާއި، އެތަކެތީގެ ސްޓޮކް ލިޔެ ބެލެހެއްޓުން.

6. ރަށު ތަރައްޤީގެ ޕުލޭނާއި، މަސައްކަތު ތާވަލް، ކުރިއަށް އޮތް އަހަރަށް ތައްޔާރުކުރުމުގައި އެހީތެރިވުން.

7. ސަރުކާރާއި ރައްޔިތުންގެ ރުއްގަސްތަކުގެ ދަފްތަރު ލިޔެ ބެލެހެއްޓުން.

8. މިސްކިތްތައް ބެލެހެއްޓުމުގައި އެހީތެރިވުން.

9. ބިޑް ޑޮކިއުމަންޓްތައް ތައްޔާރުކުރުމާއި، ބިޑް އިވެލުއޭޝަން ކޮމިޓީގެ އެހީގައި ބިޑްތައް އިވެލުއޭޓްކުރުން.

10. ޔުނިޓުގެ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.

11. އަނގޮޅިތީމުގެ ވިޔަފާރިވެރިންނާ ގުޅުންހުރި މަސައްކަތްތައް ކުރުމާއި، ކައުންސިލާއި އާންމުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ޕްލޭން ތައްޔާރުކޮށް، އެކަމާ ގުޅުންހުރި ކަންކަން ރާވައި ހިންގުން.

12. އެކިއެކި ސާވޭކުރުމާއި، އެކަމާ ގުޅިގެން ލިބޭ ނަތީޖާ ކައުންސިލަށް ހުށަހެޅުން.

13. މަތީގައިވާ ކަންކަމުގެ އިތުރުން، ކައުންސިލްގެ އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ވެރިން އަންގަވާ ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ދާއިރާއާ ގުޅޭ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

2. މި އިދާރާއިންދޭ ޕްރެކްޓިކަލް އިމްތިޙާނުން ފާސްވުން (މި އިމްތިޙާނުން %50 އިން މަތީން ފާސްނުވާ ފަރާތްތަކަށް އިންޓަވިއުއަކަށް ނުކިޔޭނެއެވެ. މި އިމްތިޙާނުގައި، އިނގިރޭސިބަހާއި، ދިވެހި ބަހުންވެސް އިމްތިޙާން ކުރެވޭނެއެވެ. މި އިމްތިޙާން ކުރެވޭނީ،  މައިގަނޑުގޮތެއްގައި ސިވިލް ސަރވިސް އެންޓްރެންސް އިމްތިޙާނުގެ ސިލަބަހުގައި ހިމެނޭ ބައިތަކުންނެވެ.)

3. އިންޓަވިއު

4. ލާމަރުކަޒީ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވުން.

5. ސިވިލް ސަރވިސްގެ ޤާނޫނަށާއި، ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިވުން.

6. މާލިއްޔަތާބެހޭ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވުން.

7. ދާއިރާއާ ގުޅުންހުރި މަސައްކަތުގެ ތަޖުރިބާ.

އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން:

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާނުކުރުން އޮންނަ ތާރީޚުގެ 3 ދުވަހުގެ ކުރިން އެންގޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

2016 ނޮވެންބަރު 7 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލްގެ އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީ.ވީ (ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގައި، ވަނަވަރުގެ ނަމޫނާ ލިބެން ހުންނާނެ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6580071 ނަންބަރުގެ ފޯނާއެވެ. އީ. މެއިލް އެޑްރެހަކީ، [email protected] އެވެ.

25 މުޙައްރަމް 1438

26 އޮކްޓޫބަރު 2016