ދިވެހިރާއްޖެ
މި އިޢުލާންވަނީ 01 ނޮވެންބަރު 2016 08:26 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ނ.އަތޮޅު ކައުންސިލް އިދާރައިގެ "ރަންދުނި" ލާންޗުން ނަގާފައިވާ ޔަމަހާ ފޯސްޓްރޮކް 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.
ނީލަން ނަންބަރު 1 (ޔަމަހާ ފޯސްޓްރޮކް އިންޖީނު)
1- 1 އިންޖީނު ޔަމަހާ އައުޓްބޯޑް 200 ހޯސްޕަވަރ 4 ސްޓްރޯކް
2- މި އިންޖީނަކީ 31 ޖުލައި 2005 ން 31 ޑިސެންބަރު 2015 އަށް ބޭނުންކޮށްފައިވާ އިންޖީނެކެވެ.
3- ނީލަންފެށޭ އަގު -/37000 (ތިރީސް ހަތްހާސް) ރުފިޔާ
4- އަގަށް ފަހަރަކު މަދުވެގެން އިތުރުކުރެވޭނެ އަދަދު: -/3000 (ތިންހާސް) ރުފިޔާ
5- އިންޖީނުގެ މިހާރުގެ ހާލަތު: ރަނިންގކޮންޑިޝަންގައެވެ.
ނީލަން ނަންބަރު 2 (ޔަމަހާ ފޯސްޓްރޮކް އިންޖީނު)
1- 1 އިންޖީނު ޔަމަހާ އައުޓްބޯޑް 200 ހޯސްޕަވަރ 4 ސްޓްރޯކް
2- މި އިންޖީނަކީ 31 ޖުލައި 2005 ން 31 ޑިސެންބަރު 2015 އަށް ބޭނުންކޮށްފައިވާ އިންޖީނެކެވެ.
3- ނީލަންފެށޭ އަގު: -/30000 (ތިރީސްހާސް) ރުފިޔާ
4- އަގަށް ފަހަރަކު މަދުވެގެން އިތުރުކުރެވޭނެ އަދަދު: -/3000 (ތިންހާސް) ރުފިޔާ
5- އިންޖީނުގެ މިހާރުގެ ހާލަތު: ރަނިންގކޮންޑިޝަންގައި، ސްޓާޓްކުރަންދަތިވުމާއި ޖެކްގައި މައްސަލަ އުޅެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން ނީލަމަށް އަގު ހުށަހަޅުއްވާނީ ކޮންމެ ނީލަން ނަންބަރަކަށް ވަކި ސިޓީއަކުންނެވެ. ސިޓީގައި ނީލަމުގައި ބައިވެރިވެލައްވާ ފަރާތުގެ މައުލޫމާތު (ނަމާއި އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު، ތާރީޚު އަދި ގުޅޭނެ ފޯނުނަންބަރު) ހިމަނަންވާނެއެވެ. އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީއާއެކު ހުށަހަޅަންވާނެއެވެ. ސިޓީ މި އިދާރާގެ ކައުންޓަރުން އަދި ފެކުހުންނާއި އީމެއިލުން ވެސް ބަލައިގަނެވޭނެއެވެ. ފެކްސް ކުރައްވާނީ މި އިދާރާގެ ނަންބަރު 6560094 އަށެވެ. އަދި މެއިލް ކުރައްވާނީ [email protected] އަށެވެ.
ނީލަމަށް ހުށަހެޅޭ އެންމެމަތީ އަގު ކޮންމެ ދުވަހަކުވެސް މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކޮށް ފެންނާނެހެން ބެހެއްޓިފައި ހުންނާނެއެވެ. ކޮންމެ ދުވަހަކުވެސް އާންމުކުރެވޭނީ އެދުވަހެއްގެ 13:00 ގެ ކުރިން ހުށަހަޅުއްވާ އަގުތަކުގެ ތެރެއިން އެންމެ މަތީ އަގެވެ. އެއިގެ ފަހުން ހުށަހަޅުއްވާ އަގުތައް އާންމުކުރެވޭނީ ޖެހިގެން އަންނަ ދުވަހުއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 5 ދުވަހު އެއް އަގެއް އޮވެއްޖެނަމަ، އެ އަގެއް ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރިކަން ލިޔުމުން އަންގާ ދުވަހުން ފެށިގެން (ރަސްމީ ބަންދު ދުވަސް ނުހިމަނައި) 10 ދުވަހުގެ ތެރޭގައި ނީލަމުގެ އަގަށްވާ ފައިސާ މި އިދާރާއަށް ދައްކަންވާނެއެވެ. 10 ދުވަހުގެތެރޭގައި ފައިސާ ނުދައްކައިފިނަމަ، ދެވަނައަށް އެންމެ މަތީ އަގެއް ހުށަހެޅި ފަރާތަށް ނީލަން ނިންމުން ނުވަތަ ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު ނ. އަތޮޅު ކައުންސިލަށް ލިބިގެން ވެއެވެ.
އިންޖީނު ބައްލަވާލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އިންޖީނު ދެއްކުމުގެ އިންތިޒާމު ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ 11:00 އިން 12:00 އަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. މި ނީލަން ފެށޭ ދުވަހަކީ 1 ނޮވެންބަރު 2016 އެވެ. މި އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ނުދީފިނަމަ 18 ނޮވެންބަރު 2016 އަށް މި އިޢުލާނުގެ މުއްދަތު ހަމަވީއެވެ.
25 މުޙައްރަމް 1438