ކުއްޔަށް ދިނުން
ނަންބަރު: GS158/I/2016/24
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 19:05
ސުންގަޑި: 01 ނޮވެންބަރު 2016 10:30
ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
ބެލެނިވެރިންގެ ޝޮޕް-1 ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

ބެލެނިވެރިންގެ ޝޮޕް-1 ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާ ގުޅޭ:

މި ސްކޫލުގެ ގޯތީގެ ހުޅަނގުދެކުނު ކަންމަތީގައި މި ސްކޫލުގެ ބެލެނިވެރިން ޢިމާރާތްކޮށްފައިވާ ޝޮޕް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމާ ގުޅިގެން އެ ޢިމާރާތް އަލުން ކުއްޔަށް ދޭން ބޭނުންވާތީ، އެކަން އާންމުކޮށް އެންގުމުގެގޮތުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ އެންމެހައި ފަރާތްތަކުން 2016 ނޮވެންބަރު 1 ވާ އަންގާރަދުވަހުގެ 10:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 7 ވާ ހޯމަދުވަހުގެ 10:30 އަށް ކުއްޔަށް ހިފަން ބޭނުންވާ އަގު މި ސްކޫލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ހުށަހެޅުންތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6680803 ފޯނަށް ގުޅުއްވުން އެދެމެވެ.

26 މުޙައްރަމް 1438

27 އޮކްޓޫބަރު 2016