މަސައްކަތް
ނަންބަރު: GS47/2016/108
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 18:45
ސުންގަޑި: 07 ނޮވެންބަރު 2016 11:00
މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި ސްކޫލުގެ ނަންބަރު GS47/2016/100 (9 އޮކްޓޫބަރު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. 

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން މި ސްކޫލުގެ ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަސައްކަތުގެ ތަފުސީލު

  1. ދަރިވަރުން ބޭނުންކުރާ ފާޚާނާ ބޮލްކުގައި ހުރި ތަށިތައް ނަގައި އާ ފާޚާނާތަށި (ޓޭންކާއެކު) ބެހެއްޓުމާއި، ތަޅުމުގައި މުށިޖެހުމާއި، ފާޚާނާގެ ބޭރުން ދޮރުމަތީގައި އަޅާފައިވާ ތަޅުމުގައި މުށިޖެހުމާއި، ފާޚާނާގެ ކޮޅުގައި މިހާރުހުރި 2 މޫނު ދޮންނަތަށި ނަގައި އާ 2 ތަށި ބެހެއްޓުމާއި، މޫނުދޮންނަތަށްޓާ ދިމާގައި 6 ފޫޓުގެ ފުރާޅެއް ލައި ސީލިންގކުރުން.
  2. ޕާޓިޝަން ޖަހައިގެން ޕްރިންސިޕަލް އޮފީހެއް ހެދުން.
  3. ސްކޫލުން ދިދަދަނޑި ދިނުމުން މައި ޢިމާރާތު ގޯތިތެރޭގައި ދެ ދިދަދަނޑި ޖަހައި އެސެމްބްލީ ޕްލެޓްފޯމު ހެދުން.
  4. ހަތަރުބުރި ޢިމާރާތުގެ ބޭރު ކުދިދޮރުތައް (އެލްމެނިއަމް) މަރާމާތުކުރުން.
  5. މިހާރު ބޭނުންކުރަމުންދާ 7 ނޯޓިސްބޯޑު މަރާމާތުކުރުން.

ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭން ބޭނުންވާ ފަރާތްތަކުން 2016 ނޮވެންބަރު 7 ވާ ހޯމަދުވަހުގެ 11:00 އަށް ސްކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 13 އާދީއްތަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

25 މުޙައްރަމް 1438

26 އޮކްޓޫބަރު 2016