މަސައްކަތް
ނަންބަރު: GS01/2016/66
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 18:38
ސުންގަޑި: 09 ނޮވެންބަރު 2016 11:00
ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
3 ކްލާސްރޫމުގައި ތަށިމުށި ޖެހުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ 3 ކްލާސްރޫމުގައި ތަށިމުށި ޖެހުމަށް ކުރި ނަންބަރު GS01/2016/61 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާތީ، އެ އިޢުލާން ބާޠިލުކޮށްފީމެވެ.               

ވީމާ، މިމަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިވާ ތާރީޚުގައި ބ.އަތޮޅު ތަޢުލީމީ މަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން އޮންނާނީ މި ސްކޫލުގެ މީޓިންގރޫމުގައެވެ. ކުންފުންޏެއް ނުވަތަ މީހެއްގެ ބަދަލުގައި ހާޒިރުވާނަމަ، އެފަރާތަކުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުން ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ.

މައުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށައެޅުން

2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ 11:00ގައި

2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 11:00ގައި

އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކީ އެފަރާތަކުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މަސައްކަތު އަގު %90

މުއްދަތު %5

ތަޖުރިބާ %5

27 އޮކްޓޫބަރު 2016