ދިވެހިރާއްޖެ
އިޢުލާން
މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް.
މި ސްކޫލުގައި މަރާމާތުކުރުމަށް ހުރި މަސައްކަތް (ވަށާފާރު މަރާމާތުކުރުން، ހޯލް އިމާރާތުގެ ދޮރާއި ދޮރުފަތް ހަރުކުރުން، ހޯލް އިމާރާތުގެ ފުރާޅުގެ ޓިނު ބަދަލުކުރުން) އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު GS-134/I/2016/07 (25 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން ކޮލިފައިވާ 3 ފަރާތް ހަމަނުވާތީ އެބިޑްތައް ބާޠިލުކޮށް، މިމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މި ސްކޫލުގައި މަރާމާތުކުރުމަށް ހުރި މަސައްކަތް (ވަށާފާރު މަރާމާތުކުރުން، ހޯލް އިމާރާތުގެ ދޮރާއި ދޮރުފަތް ހަރުކުރުން، ހޯލް އިމާރާތުގެ ފުރާޅުގެ ޓިނު ބަދަލުކުރުން) އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ 11:00 އަށް މި ސްކޫލުގެ ކޮމްޕިއުޓަރލެބަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ އެއްވެސް ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބީލަން ހުށަހަޅުއްވަންވާނީ މި ސްކޫލުން ހުށަހަޅާ ނަމޫނާ އާ އެއްގޮތަށެވެ.
އަންދާސީހިސާބަށް މާކްސް ދެވޭނެ މިންގަނޑުތައް:
ހުށަހެޅި އެންމެ ކުޑަ އަގު/ ހުށަހެޅި އަގު 65x |
65 |
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 25x |
25 |
ވޭތުވެދިޔަ 3 އަހަރު ނިންމި މިފަދަ ޕްރޮޖެކްޓުގެ ޖުމްލަ އަގު / ހުށަހެޅި ޕްރޮޖެކްޓުގެ ޖުމްލަ އަގު 5x |
5 |
ބީލަމާއެކު ހުށަހެޅި ބޭންކް ސްޓޭޓްމަންޓާއި ބޭންކް ގެރެންޓީ ކްރެޑިޓް ފެސިލިޓީ ފަދަ ލިޔުންތަކުން ދަލީލުކޮށްދޭ ފައިސާގެ ޖުމުލަ އަދަދު 5x |
5 |
ޖުމްލަ |
100 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 މުޙައްރަމް 1438