ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ސްކޫލުގެ ނަންބަރު: GS70/2016-21 (17 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
1- ދަރިވަރުންގެ 4 ފާޚާނާ މަރާމާތުކުރުން
2- ބޯފެންއަޅާ ތާނގީތައް ހިޔާކޮށް ތާނގީތައް މަރާމާތުކުރުން.
މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުން އޮންނާނީ 2016 ނޮވެންބަރު 7 ވާ ހޯމަދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ. އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހޮވުމަށް ޕޮއިންޓު ދިނުމުގައި ތިރީގައި މިވާ ކަންތައްތަކަށް ބެލޭނެއެވެ.
1- މަސައްކަތަށް: 70 ޕޮއިންޓް
2- މަސައްކަތުގެ ތަޖުރިބާއަށް: 10 ޕޮއިންޓް
3- މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތަށް: 10 ޕޮއިންޓް
4- މިފަދަ މަސައްކަތެއްކުރެވިދާނެކަމުގެ މާލީ ޤާބިލުކަމަށް: 10 ޕޮއިންޓް
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
26 މުޙައްރަމް 1438