މަސައްކަތް
ނަންބަރު: (IUL)GS08/2016/37
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 17:32
ސުންގަޑި: 09 ނޮވެންބަރު 2016 11:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ފާޚާނާތައް މަރާމާތުކުރުމާއި، ވާރޭފެން އެޅުމަށްޓަކައި ކަޅުހަންތަކެއް ބެހެއްޓުމަށް

އިޢުލާން

މި މަރުކަޒުގެ ފާޚާނާތައް މަރާމާތުކުރުމާއި، ވާރޭފެން އެޅުމަށްޓަކައި ކަޅުހަންތަކެއް ބެހެއްޓުމަށް ބޭނުންވެއްޖެއެވެ.

މި މަރުކަޒުގެ ފާޚާނާތައް މަރާމާތުކުރުމާއި ވާރޭފެން ނެގޭނެ ނިޒާމެއް ޤާއިމު ކުރުމަށްޓަކައި ކަޅުހަންތަކެއް ބެހެއްޓުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހުމުގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014)ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މި މަރުކަޒުގައި ވާރޭފެން ނެގޭނެ ނިޒާމެއް ޤާއިމު ކުރުމަށްޓަކައި ކަޅުހަންތަކެއް ބެހެއްޓުމަށް ކުރިން ކުރެވުނު އިޢުލާން (އިޢުލާން ނަންބަރު: 32/2016/08(IUL)GS) ބާޠިލު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

26 މުޙައްރަމް 1438

27 އޮކްޓޫބަރު 2016