މަސައްކަތް
ނަންބަރު: (IUL)426-AA/426/2016/237
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 16:51
ސުންގަޑި: 02 ނޮވެންބަރު 2016 11:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްޑޯ ޖިމް ސެޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އައްޑޫސިޓީގެ މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހިތަދޫ އަވަށުގައި އައުޓް ޑޯ ޖިމް ސެޓް ހަރުކުރުމުގެ މަސައްކަތް.

އައްޑޫސިޓީގެ މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހިތަދޫ އަވަށުގައި އައުޓް ޑޯ ޖިމް ސެޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 2 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސްހޯލުގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

25 މުޙައްރަމް 1438

26 އޮކްޓޫބަރު 2016