ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)389/389/2016/84
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 16:50
ސުންގަޑި: 10 ނޮވެންބަރު 2016 14:00
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/7035 ރުފިޔާ (ހަތްހާސް ފަންސަތިރީސް ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން، އޮފީސް، ރަށް:

ކޯޕަރޭޓް އެފެއާރޒް/ ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ/ ތ. ހިރިލަންދޫ

މަޤާމުގެ ޝަރުޠު:

1. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް/ އެކައުންޓިންގ އެންޑް ފައިނޭންސް/ ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ ހިއުމަން ރިސޯސް މެނޭޖްމަންޓް/ ބިޒްނަސް ލޯ/ ފިޒިކަލް ސައިންސް އެންޑް މެތަމެޓިކްސް/ ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ މާކެޓިންގ/ މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް/ ޓެކްނޮލޮޖީ އެންޑް އިނޮވޭޝަންގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް/ އެކައުންޓިންގ އެންޑް ފައިނޭންސް/ ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ ހިއުމަން ރިސޯސް މެނޭޖްމަންޓް/ ބިޒްނަސް ލޯ/ ފިޒިކަލް ސައިންސް އެންޑް މެތަމެޓިކްސް/ ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ މާކެޓިންގ/ މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް/ ޓެކްނޮލޮޖީ އެންޑް އިނޮވޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް/ އެކައުންޓިންގ އެންޑް ފައިނޭންސް/ ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ ހިއުމަން ރިސޯސް މެނޭޖްމަންޓް/ ބިޒްނަސް ލޯ/ ފިޒިކަލް ސައިންސް އެންޑް މެތަމެޓިކްސް/ ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ މާކެޓިންގ/ މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް/ ޓެކްނޮލޮޖީ އެންޑް އިނޮވޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް/ އެކައުންޓިންގ އެންޑް ފައިނޭންސް/ ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ ހިއުމަން ރިސޯސް މެނޭޖްމަންޓް/ ބިޒްނަސް ލޯ/ ފިޒިކަލް ސައިންސް އެންޑް މެތަމެޓިކްސް/ ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ މާރކެޓިންގ/ މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް/ ޓެކްނޮލޮޖީ އެންޑް އިނޮވޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް/ އެކައުންޓިންގ އެންޑް ފައިނޭންސް/ ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ ހިއުމަން ރިސޯސް މެނޭޖްމަންޓް/ ބިޒްނަސް ލޯ/ ފިޒިކަލް ސައިންސް އެންޑް މެތަމެޓިކްސް/ ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ މާރކެޓިންގ/ މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް/ ޓެކްނޮލޮޖީ އެންޑް އިނޮވޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. އަހަރީ ރިޕޯޓް، އިދާރާގެ ޒިންމާދާރުވެރިޔާގެ ލަފާގެމަތިން ތައްޔާރުކުރުން.

2. 6 މަހުގެ ރިޕޯޓް، އިދާރާގެ ޒިންމާދާރުވެރިޔާގެ ލަފާގެމަތިން ތައްޔާރުކުރުން.

3. ތަރައްޤީގެ ޕްލޭން އެކުލަވައިލުމަށް ސެކްޝަނުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

4. ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް މޮނީޓަރކޮށް ބެލެހެއްޓުމާއި، މަސައްކަތް ހަލުވިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

5. އިދާރާގެ ފައިސާގެ މުޢާމަލާތްތައް ހިނގަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި، އެކަންކަން ވިލަރެސްކުރުން.

6. ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމާއި، ކުލީ ބިންތަކާބެހޭ އެގްރީމެންޓްތައް ތައްޔާރުކޮށް ބެލެހެއްޓުން.

7. ކުއްޔާއި އާމްދަނީއާއި އެހެނިހެން ގޮތްގޮތުން އިދާރާއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

8. އިދާރާގެ ހަރުމުދަލުގެ ރަޖިސްޓަރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

9. އަހަރީ ހިސާބާއި އެކުލަވައިލަންޖެހޭ ފައިސާގެ އަހަރީ ރިޕޯޓްތައް ތައްޔާރުކޮށް، ކަމާބެހޭ އިދާރާތަކަށް ފޮނުވުން.

10. އާމްދަނީ ހޯދުމަށް ކައުންސިލުން ހިންގާ ވިޔަފާރީތައް ބެލެހެއްޓުމާއި އޮޑިޓްކުރުން.

11. ޒިންމާދާރުވެރިޔާގެ ލަފާގެމަތިން ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީނު (%50)

2. މަސައްކަތުގެ ތަޖުރިބާ ( % 12)

3. ލިބިފައިވާ ހުނަރު / އިންޓަވިއު (%38)

ތަކެތި ހުށަހަޅަންޖެހޭ ތަނާއި، ތާރީޚު:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ، ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާއަށެވެ.  ތަކެތި ބަލައިގަންނާނީ، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އާއި މެންދުރުފަހު 14:00 އާ ދެމެދުގައެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ނޮވެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

އިންޓަވިއުކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ ތެރޭގައެވެ.

- ވަޒީފާއަށް އެދި 10 (ދިހައެއް) މީހުނަށްވުރެ ގިނައިން ކުރިމަތިލައިފިނަމަ، އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓް ލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ. 

- އިންޓަވިއު އޮންނާނޭ ގަޑިއާއި، ތާރީޚާއި ތަނާބެހޭ މަޢުލޫމާތު، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަށް، އިންޓަވިއު ބޭއްވުމުގެ 3 ދުވަހުގެ ކުރިން މި އިދާރާއިން އަންގާނެއެވެ.        

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.csc.gov.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުގެތަކުގެ ކޮޕީ.

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުގެތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓުގެ ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުގެތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުގެތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް، މި އިދާރާގެ 6780032 ނަންބަރު ފޯނަށް، ނުވަތަ 9860060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

24 މުޙައްރަމް 1438

25 އޮކްޓޫބަރު 2016