މަސައްކަތް
ނަންބަރު: GS170/2016/23
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 15:30
ސުންގަޑި: 08 ނޮވެންބަރު 2016 13:00
ދަރަނބޫދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކުރަން ބޭނުންވެއްޖެއެވެ.

2 ދޮރުސެޓް (އެލްމެނިއަމް) ޖަހައި ހަރުކުރުން.

10 ކަބަޑު ޖަހައި ހަރުކުރުން

30 ޑެސްކު މަރާމާތު ކުރުން

ކަރަންޓުގެ މަސައްކަތްތަކެއް ކުރުން. (2 ކްލާސް ބްލޮކަށް ސަޕްލައި އަޅައި ސްކޫލުގެ ގޯތީގައި 8 ގްލޯބަށް ކަރަންޓް ނަރު އަޅައި 20 ޕޮއިންޓް ވައިރުކުރުން)

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވިދާނެ ފަރާތްތަކުން 2016 ނޮވެންބަރު 8 ވާ އަންގާރަދުވަހުގެ 13:00 ގައި ދަރަނބޫދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 15ވާ ބުދަދުވަހުގެ 13:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަންޏެވެ.

މިކަމަށް ބިޑް ހުށަހަޅާ ފޯމު މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް ދޫކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނެ ނަންބަރުތައް: 7952911 ނުވަތަ 7840050

އީމެއިލް: [email protected]

26 އޮކްޓޫބަރު 2016