މަސައްކަތް
ނަންބަރު: GS124/IUL/2016/34
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 09 ނޮވެންބަރު 2016 11:00
އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

މިސްކޫލުގެ ނަންބަރު GS124/IUL/2016/31 (9 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލި ވާހަކަ މަޢުލޫމާތަށްޓަކައި ދަންވަމެވެ.

  • ސްޓާފް ފާޚާނާ މަރާމާތުކުރުން
  • އިމާރާތްތަކުގައި ކުލައާއި ދަވާދުލުން

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ސްކޫލަށް ވަޑައިގެންދެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބު ޤަބޫލު ނުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކޮށްދިނުމަށް ކަނޑައެޅިފައިވާ ގަޑި ފިޔަވައި އިތުރު ވަގުތުތަކުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ. ނަމަވެސް މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އަންދާސީހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންނަމަ 6580316 ނަންބަރާ ގުޅުއްވުމުން އެމަޢުލޫމާތު ދެވޭނެއެވެ.

25 މުޙައްރަމް 1438

26 އޮކްޓޫބަރު 2016