މަސައްކަތް
ނަންބަރު: GS79/IULAAN/2016/67
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 08 ނޮވެންބަރު 2016 14:00
އިހަވަންދޫ މަދަރުސާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  1. 2 ޕާޓިޝަން ޖަހައި ހަރުކޮށްދިނުން
  2. 20 ފަންކާ ބަދަލުކުރުން (ސްކޫލުން ފަންކާ ފޯރުކޮށްދޭނެ)

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް އިހަވަންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން އިހަވަންދޫ ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

2016 ނޮވެންބަރު 8 ވާ އަންގާރަދުވަހުގެ 14:00 އަށް

17 ނޮވެންބަރު 2016 ވާ ބުރާސްފަތިދުވަހުގެ 14:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް 6500096 ނަންބަރު ފޯނާއެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

* ނޯޓް: މަޢުލޫމާތު ސާފުކުރުމަށް ކުންފުންޏެއް ނުވަތަ ވިޔަފާރިއަކުން މީހަކު ހާޒިރުވާނަމަ، ހާޒިރުވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ވިޔަފާރި ނުވަތަ ކުންފުނީގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

25 މުޙައްރަމް‏ 1438

26 އޮކްޓޫބަރު 2016