މަސައްކަތް
ނަންބަރު: GS-205/IUL/2016/54
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 14 ނޮވެންބަރު 2016 10:00
ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
ސީލިންގއާއި ފުރާޅު އާކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ އޮފީސް އިމާރާތުގެ ސީލިންގއާއި ފުރާޅު އަމިއްލަ ތަކެތީގައި އާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު GS-205/IUL/2016/45 (23 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ޞައްޙަ ނޫން ކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާފައިވާތީ، އެ އިއުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި ސްކޫލުން ދޭ މައުލޫމާތާ އެއްގޮތަށް، މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 11:45 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ. މައުލޫމާތު ސެޝަނުގައި ބައިވެރިކުރުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ސިޓީއަކުން ސްކޫލަށް އަންގަންވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދަންނަވަމެވެ. އަދި ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިގެން ހިންގާ ވިޔަފާރިތައް ނޫން އަމިއްލަ ފަރުދުންނަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

25 މުޙައްރަމް 1438

25 އޮކްޓޫބަރު 2016