ދިވެހިރާއްޖެ
އިޢުލާން
މަޤާމް: ޑްރައިވަރ
މަޤާމުގެ ރޭންކް: SS2
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން: ސިވިލްކޯޓު، މާލެ
މުސާރަ: މަހަކު -/3470 ރުފިޔާ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ (އެއްހާސް ރުފިޔާ)
ލިވިންގ އެލަވަންސް: -/2700 ރުފިޔާ (ދެހާސް ހަތްސަތޭކަ ރުފިޔާ)
ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40 (މަހަކު)
އިތުރުގަޑީގެ ފައިސާ: ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުތުޠު: މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސެންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، SS1 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން: ވަޒީފާއަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު، މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތުތައް: ކޯޓުގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން މާލޭގެ އެކި ތަންތަނަށް ކުރަންޖެހޭ އެންމެހައި ދަތުރުތައް ވެހިކަލުގައި ކުރުން.
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭ ފޯމު.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓެއްނަމަ ޓްރާންސްކްރިޕްޓާއެކު (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން، ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯކޮޕީ ހުށަހެޅުން.
- ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ރޭންކާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެގޮތަށް)
- ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
ސުންގަޑި: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު، 2016 ނޮވެންބަރު 7 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، ސިވިލް ކޯޓަށް ހުށަހެޅުން އެދެމެވެ.
އިތުރު މަޢުލޫމާތު:
- މި މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.
- އިންޓަވިއުއަށް ހާޒިވާއިރު، ހުށައަޅާފައިވާ ހުރިހާ ލިޔުމެއްގެ އަސްލު ގެންނަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު، ސިވިލް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ކޯޓުގެ www.civilcourt.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.
25 މުޙައްރަމް 1438