ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)240-CA/240/2016/107
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 07 ނޮވެންބަރު 2016 11:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރުނީޗަރު ހޯދުމަށް

އިޢުލާން

އަތޮޅުގެއަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށް

ހައްދުންމަތީ އަތޮޅުގެއަށް ބޭނުންވާ ފަރުނީޗަރު ގެނެސް ރާވައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)240-CA/240/2016/86 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ވީމާ، މި ތަކެތި އަމިއްލަ ޚަރަދުގައި މި ކައުންސިލަށް ގެނެސް ރާވައިދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 7 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 15 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެންދެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

25 މުޙައްރަމް 1438

26 އޮކްޓޫބަރު 2016