މަސައްކަތް
ނަންބަރު: FSM-ADV-2016/035
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 06 ނޮވެންބަރު 2016 11:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

އެފް.އެސް.އެމް ކ.ތިލަފުށި ބޯޓުޔާޑުގައި މަސައްކަތްކުރާ މުވައްޒަފުން ދިރިއުޅުމަށާއި، ގުދަނެއްގެ ގޮތުގައި ބޭނުންކުރުމަށް، ބިނާކުރުމަށް ހަމަޖެހިފައިވާ ފަސްބުރީގެ އައު ޢިމާރާތް ބިނާކުރުމުގެ މަސައްކަތް ފެށްޓުމުގެ ކުރިން އަންނަނިވި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • 3750 އަކަފޫޓު ސަރަޙައްދުގެ ބިންގަނޑު 12 ފޫޓު ފުންމިނަށް ކޮނެ، ކުނިބުނި ނަގައި، ތަން ސާފުކޮށް، ކުނިތައް އުކާލުން
  • ބިމުގެ ލެވެލަށްވުރެ 1 ފޫޓު އުސްކޮށް، ކޮންނަ ތަނަށް އަލުން ރީތި ފަސް އަޅައި، ފަސްގަނޑު ބާރުކޮށް ލެވެލްކުރުން

ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 11:00 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331453 ނުވަތަ 3331457 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

27 އޮކްޓޫބަރު 2016