މަސައްކަތް
ނަންބަރު: GS54/IUL/2016/13
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި: 10 ނޮވެންބަރު 2016 10:30
ހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުގެ ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ.

  1. ސްކޫލް ކުދިންގެ ފާޚާނާ މަރާމާތުކުރުން.
  2. ކްލާސްރޫމުގެ މޭޒާއި ޑެސްކު މަރާމާތުކުރުން.
  3. ސްކޫލް އިމާރާތުގެ ދިޔަދޮވިހޮޅި މަރާމާތުކުރުން.

މަތީގައި ދެންނެވިފައިވާ 3 މަސައްކަތަށް ހުށަހަޅުއްވަން ޖެހޭނީ ވަކިވަކި އަންދާސީހިސާބު ކަމުގައި ދަންނަވަމެވެ. ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް

 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައި ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6894068 ނަންބަރު ފޯނާއެވެ.

25 މުޙައްރަމް 1438

26 އޮކްޓޫބަރު 2016