މަސައްކަތް
ނަންބަރު: (IUL)138-PS3/138/2016/155
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 17:34
ސުންގަޑި: 17 ނޮވެންބަރު 2016 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޓޮޕޯގްރަފިކް ސަރވޭކޮށް ލޭންޑް ޔޫސް ޕްލޭން އެކުލަވާލައިދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލުން

މި މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ ރަށްތަކުގެ ޓޮޕޯގްރަފިކް ސަރވޭކޮށް ލޭންޑް ޔޫސްޕްލޭން އެކުލަވާލައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-PS3/138/2016/142 (22 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން ޕްރޮޕޯޒަލް ހުށަހެޅުއްވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މި މިނިސްޓްރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީ ބިޑް މީޓިންގ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން ބިޑް ޕްރޮޕޯޒަލް ("ޓަރމްސް އޮފް ރިފަރެންސް" ގައި ބަޔާން ކުރެވިފައިވާ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތީން) މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތުގެ "ޓަރމްސް އޮފް ރިފަރެންސް" މިމިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަދި ދަންނަވަމެވެ. ޕްރީ ބިޑް މީޓިންގއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ޕްރޮފޯޒަލް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 3004120 ނުވަތަ 3004380 އަށް ގުޅުއްވުން އެދެމެވެ.

26 މުޙައްރަމް 1438

27 އޮކްޓޫބަރު 2016