ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-MMDC/23/2016/101
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 16:08
ސުންގަޑި: 30 ނޮވެންބަރު 2016 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރުން ރަޖިސްޓަރީ ކުރުމާއި، ލައިސަންސް ދިނުން

މެޑިކަލް އޮފިސަރުން ރަޖިސްޓަރީ ކުރުމާއި، ލައިސަންސް ދިނުން

ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޑޮކްޓަރުންނާއި ޑެންޓިސްޓުން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ރަޖިސްޓަރީކޮށް ލައިސަންސް ހޯދުމަކީ ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ ދަށުން ލާޒިމުކުރާ ކަމެކެވެ.

މި ގޮތުން މި ކައުންސިލުގައި މިއަދުން ފެށިގެން އަލަށް ރަޖިސްޓަރީކުރާ މެޑިކަލް އޮފިސަރުން ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

  1. ފުރަތަމަ ރަޖިސްޓަރީކޮށްދެވޭނީ 1 އަހަރުދުވަހުގެ މުއްދަތަށް.
  2. ލައިސަންސް (ޕްރޮވިޝަނަލް) ދޫކުރެވޭނީ 1 އަހަރުދުވަހުގެ މުއްދަތަށް.
  3. ލައިސަންސްއާއި ރަޖިސްޓްރޭޝަން އައުކޮށްދެވޭނީ މި ކައުންސިލުން ދޭ ލައިސަންސިންގ އިމްތިޙާނުން ފާސްވުމުން.
  4. ރަޖިސްޓަރީކޮށް ލައިސަންސް ދޭތާ 6 މަސްދުވަހުގެ ތެރޭގައި ލައިސަންސިންގ އިމްތިޙާނުގައި މަދުވެގެން 1 ފަހަރު ބައިވެރިވާންވާނެ.

މި ގަވާއިދުގެ ދަށުން ޢަމަލުކުރާނީ އަލަށް ރަޖިސްޓަރީކޮށްދޭ މެޑިކަލް އޮފިސަރުންނެވެ. 2016 ޑިސެންބަރު 31 ވަނަ ދުވަހުގެ ކުރިން ލައިސަންސިންގ އިމްތިޙާނުން ފާސްވުން ޝަރުޠުކޮށްފައިވާ ޑޮކްޓަރުން މި ގަވާއިދުގައި ނުހިމެނެއެވެ. އެ ފަރާތްތަކަށް ދީފައިވާ މުއްދަތުގެ ތެރޭގައި އިމްތިޙާނުން ފާސްވެ ލައިސަންސް އައުކުރަންޖެހޭނެ ކަމުގައިވެސް ދަންނަވަމެވެ.

26 އޮކްޓޫބަރު 2016