ދިވެހިރާއްޖެ
މަޤާމް :އިންފޮމޭޝަން ސިސްޓަމް ޑިވެލޮޕަރ | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން ވަޒީފާގެ ފުރުޞަތު: މަޤާމް: އިންފޮމޭޝަން ސިސްޓަމް ޑިވެލޮޕަރ ބެނުންވާ އަދަދު: 1 (އެކެއް) "އިންފޮމޭޝަން ސިސްޓަމް ޑިވެލޮޕަރ" ގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 28 ސެޕްޓެންބަރު 2016 ގައި މި މިނިސްޓްރީން ކޮށްފައިވާ (IUL)138-AS4/1/2016/209 ނަންބަރުގެ އިޢުލާނާ ގުޅިގެން އެ މަޤާމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ. މި މިނިސްޓްރީގައި އިންފޮމޭޝަން ސިސްޓަމެއް ޤާއިމުކުރުމަށް "އިންފޮމޭޝަން ސިސްޓަމް ޑިވެލޮޕަރ" މަޤާމަށް ވަޒީފާގެ ފުރުޞަތު ހުޅުވައިލަމެވެ. "އިންފޮމޭޝަން ސިސްޓަމް ޑިވެލޮޕަރ" މަޤާމުގެ މަސްއޫލިއްޔަތާއި ފެންވަރު ނުވަތަ ޝަރުޠު އަދި ވަޒީފާއަށް ހޮވުމުގައި ބަލާނެ މުހިންމު މިންގަނޑުތައް، ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) ގައި ބަޔާންކުރެވިފައިވާނެއެވެ. ވީމާ، މަތީގައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ފޮނުވާ ސީޓީއާއެކު ތިރީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް، 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށް ފޮނުވުން އެދެމެވެ. 1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ. 2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް) 4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) މި މަޤާމުގައި ކުރަންޖެހޭ މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މިނިސްޓްރީގެ www.housing.gov.mv ގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުމުން، އެ މަޢުލޫމާތު ލިބޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް: މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ. ފޯން: 3004340 ފެކްސް: 3004301 އީ-މެއިލް: [email protected] ވެބްސައިޓް: www.housing.gov.mv 29 މުޙައްރަމް 1438 |