ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)438-PDU/1/2016/172
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 08 ނޮވެންބަރު 2016 11:30
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އޮފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް އައި.ޓީ އިކުއިޕްމަންޓްސް ގަތުމާބެހޭ

އިޢުލާން

މި މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާ "ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ތިރީގައި ބަޔާންކުރެވިފައިވާ އައި.ޓީ އިކުއިޕްމަންޓްސް ގަތުމަށް ބޭނުންވެއެވެ. ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އަދަދު

ސޮފްޓްވެއަރ

6

ލެޕްޓޮޕް

5

ކޮމްޕިއުޓަރ ސިސްޓަމް

 ހުށަހަޅަންވީ ތަކެތި

  • ކުންފުންޏާބެހޭ މަޢުލޫމާތު/ކުންފުނީގެ ޕްރޮފައިލް (އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ގެ ކޮޕީ)
  • މިފަދަ އިކުއިޕްމެންޓް ސަޕްލައި ކުރުމާބެހޭ މަސައްކަތާ ގުޅޭ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ
  • ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
  • ފައިނޭންޝަލް ޕްރޮޕޯޒަލް
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.

މި ޕްރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު

 އަގަށް:70 ޕޮއިންޓު 

  • ހުށަހެޅޭ އެންމެ ހެޔޮ އަގު/ ހުށަހެޅި އަގު 70x 

 މުއްދަތު: 15 ޕޮއިންޓު

  • ހުށަހެޅޭ އެންމެ ކުރު މުއްދަތު/ ހުށަހެޅި މުއްދަތު 15x

 ތަޖުރިބާ: 15 ޕޮއިންޓް

  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ

އޮފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނaރޖީ

އައި.ޓީ އިކުއިޕްމަންޓްސް ގަތުމާބެހޭ އިޢުލާނު ނަންބަރު: (IUL)438-PDU/1/2016/172

އިތުރު މަޢުލޫމާތު

  • އަގު ހުށަހަޅުއްވާ ފަރާތްތަކުން އަގު ހުށަހަޅުއްވާއިރު އިޚުތިޔާރު ކުރާ "ލޮޓް" އަކަށް ނުވަތަ "ލޮޓް" ތަކަށް ވަކިން އަގު ހުށަހަޅަންވާނެއެވެ.
  • ކޮންމެ "ލޮޓް" އެއްވެސް އިވެލުއޭޓް ކުރެވޭނީ ވަކިންނެވެ.

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ނޮވެންބަރު 8 ވާ އަންގާރަދުވަހުގެ ހެނދުނު 11:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 8 ވާ އަންގާރަދުވަހުގެ ހެނދުނު 11:30 އަށް ބީލަން ފުރިހަމަކުރުމަށްފަހު ސިޓީއުރައެއްގައި ބީލަންތައް ބަންދުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

  • މަޢުލޫމާތު ފުރިހަމަ ނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ފޯން: 3018453 / 3018454

ފެކްސް: 3018301

އީމެއިލް:  [email protected]

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ މަޢުލޫމާތުޝީޓު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވުން ހުންނާނެއެވެ.

24 އޮކްޓޫބަރު 2016