ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ 4 އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)22-TF/1/2016/192 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ ޝަރުޠު ފުރިހަމަވާ 2 ފަރާތަކުން ކަމުގައިވާތީ، އެ ހުށަހެޅުންތައް ބާޠިލުކޮށް، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
- އެދުރުހިޔާ
- އެދުރުވެހި
- ފިލާބިލްޑިންގ 1
- ފިލާބިލްޑިންގ 2
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ތަޢުލީމީ ފަންޑުގެ އިދާރާ (އެދުރުހިޔާ 9 ވަނަ ފަންގިފިލާ) އަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް |
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ ހެނދުނު 11:00 އަށް |
2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ނަންބަރު 3341193 ފޯނަށެވެ.
25 މުޙައްރަމް 1438