ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MSCL/GOV/IUL/2016/21
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 07 ނޮވެންބަރު 2016 11:00
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެޗް.އާރު. ސޮފްޓްވެއަރއަކާއި އެކައުންޓިންގ ސޮފްޓްވެއަރއެއް ގަންނަން ބޭނުންވެއްޖެ

އެޗް.އާރު. ސޮފްޓްވެއަރއަކާއި އެކައުންޓިންގ ސޮފްޓްވެއަރއެއް ގަންނަން ބޭނުންވެއްޖެ

މި ކޯޕަރޭޝަނަށް ހިއުމަން ރިސޯސް (އެޗް.އާރު) ސޮފްޓްވެއަރއަކާއި އެކައުންޓިންގ ސޮފްޓްވެއަރއެއް ކަމުގައިވާ ސެޕް ބިޒްނަސް ވަން (SAP BUSINESS ONE) ގަންނަން ބޭނުންވެއެވެ.

ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 31 ވަނަ ދުވަހުގެ 11:00 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 7 ވަނަ ދުވަހުގެ 11:00 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން އަގު/ އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް  ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު /އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރަޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ ގަލޮޅުދަނޑުގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް (ހެނދުނު 8:00 އިން 15:00 އަށް) ގުޅުއްވާނީ، 3336725 ނަންބަރު ފޯނަށެވެ.

26 އޮކްޓޫބަރު 2016