ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2016/186
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 16:24
ސުންގަޑި: 01 ނޮވެންބަރު 2016 13:30
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ހިއުމަން ރިސޯސް މެނޭޖްމެންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.  

މަޤާމު

ހިއުމަން ރިސޯސް މެނޭޖްމެންޓް އޮފިސަރ

އޮފީސް

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ/ ހިމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

ތަޢުލީމާއި ތަޖުރިބާ

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއަށް އަހުލުވެރިކުރުވުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމުގެ އެންމެހައި މަސައްކަތެއް ހިންގައި ބެލެހެއްޓުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ މުވައްޒަފުންގެ ހާޒިރީއާއި ޗުއްޓީއާއި އިތުރުގަޑިއާއި އެހެނިހެން އެލަވަންސްތައް ހަމަޖެއްސުމުގެ އެންމެހައި މަސައްކަތެއް ހިންގައި ބެލެހެއްޓުން.
  • މިނިސްޓްރީގެ މުވައްޒަފުންގެ ރެކޯޑުތަކާއި، ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތަކާއި، ރެކޯޑު ފައިލްތައް ގަވާއިދުން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތެއް ކުރުން.
  • މިނިސްޓްރީގެ މުވައްޒަފުން އިޞްލާޙުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި، އެކަންކަމުގެ ރެކޯޑުތައް ބެލެހެއްޓުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ މުވައްޒަފުންގެ އޮފީސް ކާޑު ހެދުމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ މުވައްޒަފުންނަށް ދޭން ނިންމާ އެކިއެކި އެލަވަންސްތަކާ ގުޅޭގޮތުން ހަދަންޖެހޭ އިޤްރާރުތަކާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހުރިހާ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސްތައް ދިނުމުގެ އެންމެހައި ކަންކަން އިންތިޒާމުކޮށް މުސާރަދެވޭ ވަރަށް މަޢުލޫމާތުތައް ފުރިހަމަކުރުމަށްފަހު ބަޖެޓް އެންޑް ފައިނޭންސް ޔުނިޓަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ ބޭނުމަށް ވަގުތީގޮތުން ލައްވަންޖެހޭ މީހުން ލެއްވުމުގެ އިންތިޒާމުތައް ހަމަޖައްސައި އެކަންކަން ހިންގައި ބެލެހެއްޓުމާއި، ވަގުތީ އަދި ކޮންޓްރެކްޓްގައި ތިބި މުވައްޒަފުންގެ ރެކޯޑުތައް ބަލަހައްޓައި، ރެކޯޑު ފައިލްތައް އަޕްޑޭޓްކުރުން.
  • މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި މިޑްއިޔަރ ރިވިއު ހެދުމާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  • އޮފީހުގެ ޑިޕާޓްމަންޓްތަކާއި ޑިވިޜަންތަކާއި ސެކްޝަންތަކުގެ މަޝްވަރާއާއެކު މުޅި އޮފީހުގެ ޓްރޭނިންގ ރިކުއަރމަންޓް ތައްޔާރުކުރުމާއި، އެ ރިކުއަރމަންޓްއާ އެއްގޮތަށް މުވައްޒަފުން ތަމްރީނު ކުރުމާއި، ތަރައްޤީކުރުމުގެ ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  • އޮފީހުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތަޢުލީމީ ފެންވަރު ހިމެނޭ ރަޖިސްޓަރީއެއް ޤާއިމުކޮށް ގަވާއިދުން ބެލެހެއްޓުން.
  • އޮފީހުގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ސިވިލް ސަރވިސްއާއި، އަދި އެހެނިހެއް ގޮތްގޮތުން އޮފީހަށް ލިބޭ ތަމްރީނު ކޯސްތަކުގައި މުވައްޒަފުން ބައިވެރިކުރުވުން.
  • ރާއްޖެއިން ބޭރުގައި މީހުން ބިނާކުރުމަށް ފުރުޞަތު ލިބޭ ކުރު މުއްދަތުގެ ކޯސްތަކަށް މުވައްޒަފުން ފޮނުވުން.
  • ރާއްޖެއިން ހިންގާ ޚާއްޞަ ކުރު މުއްދަތުގެ ތަމްރީނު ކޯސްތަކާއި ޓްރޭނިންގތައް އިންތިޒާމުކޮށް ހިންގުން.
  • އޮފީހުގެ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސެމިނަރ ވާރކްޝޮޕް ލެކްޗަރތައް އިންތިޒާމުކޮށް ބޭއްވުން.
  • ތަމްރީނު ކުރެވިފައިވާ މުވައްޒަފުންގެ އެންމެހައި ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުން.
  • އޮފީހުން އެކިކޯސްތަކުގައި ބައިވެރިކުރާ ފަރާތްތައް ޤާނޫނާ އެއްގޮތަށް ބޮންޑު ކުރުވުމާއި، އެފަރާތްތަކުން ފުރިހަމަކުރަމުންދާ ކޯސްތައް އެގޮތުގެމަތިން ފުރިހަމަ ކުރަމުން ގެންދޭތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އެޅުން.
  • މުވައްޒަފުންނާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.  
  • އޮފީހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ އެންމެހައި ކަންތައްތައް ބަލަހައްޓައި އެޗް.އާރ.އެމް.ޑީ. ގެ ނިންމުންތައް ތަންފީޒުކުރުން.
  • ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުގެ ދަށުން މުވައްޒަފުންނާ ބެހޭ އެންމެހައި ކަންކަމުގައި ތައްޔާރުކުރަންޖެހޭ އުސޫލުތައް ތައްޔާރުކުރުން.
  • އޮފީހުގައި އިންޓަރންޝިޕް ފުރިހަމަކުރުމަށް އެދޭ ފަރާތްތަކަށް އެ އިންތިޒާމު ހަމަޖައްސައިދީ، ރެކޯޑުތައް ބެލެހެއްޓުން.
  • އޮފީހުގެ ލައިބްރަރީ ޤާއިމުކޮށް ލައިބްރަރީއަށް ބޭނުންވާ ފޮތްތަކާއި އެހެނިހެން ޚިދުމަތް ދެނެގަނެ، އެތަކެތި ހޯދައި ބެލެހެއްޓުން.
  • މިނިސްޓްރީއާއި މިނިސްޓްރީ ދަށުން ހިނގާ ތަންތަނުގެ އިދާރީ އޮނިގަނޑު މުރާޖަޢާކުރުމާއި، އައު އިދާރީ އޮނިގަނޑު ފާސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ދެމެހެއްޓުމަށް ބޭނުންވާ ކަންތައްތައް ރާވައި ހިންގުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭވަރުގެ ސާފު ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު، (މަޤާމާއި ރޭންކް) އެނގޭނޭ ލިޔުމެއް.
  8. ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން  

ސުންގަޑި

2016 ނޮވެންބަރު 1 ވާ އަންގާރަދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނީ ނޮވެންބަރު އަދި ޑިސެންބަރުމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި އަންނަނިވި ކަންތައްތަކަށް އިސްކަންދެވޭނެއެވެ.

- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

- ދިވެހިބަހާއި އިނގިރޭސިބަހުން މުޢާމަލާތްކުރުމާއި ލިޔުމުގެ ޤާބިލުކަން ލިބިފައިވުން.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3027520 / 3027529 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިމިނިސްޓްރީގެ ވެބްސައިޓް http://gender.gov.mv އިން ލިބެން ހުންނާނެއެވެ.

24 އޮކްޓޫބަރު 2016