މަސައްކަތް
ނަންބަރު: (IUL)14-PR/1/2016/68
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 15:43
ސުންގަޑި: 27 އޮކްޓޫބަރު 2016 23:30
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ލޯންޗު މަރާމާތުކޮށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

މި އޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް މި އޮފީހުގެ 7 ނަންބަރު ލާންޗު މަރާމާތު ކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 އޮކްޓޫބަރު 2016 ވާ ބުރާސްފަތިދުވަހުގެ 23:30 ގެ ކުރިން އެ ފަރާތުގެ ނަމާއި، ގުޅޭނެ ނަންބަރު މި އޮފީހުގެ [email protected] އީ-މެއިލަށް ފޮނުއްވުމަށް ދަންނަވަމެވެ. 2016 އޮކްޓޫބަރު 29 ވާ ހޮނިހިރުދުވަހު ލާންޗު ދައްކާލުމަށް ހަމަޖެހިފައިވާތީ، ސައިޓަށް ދިއުމުގެ އިންތިޒާމު މި އޮފީހުން ހަމަޖެއްސުމަށްފަހު އީމެއިލް ކުރައްވާފައިވާ ފަރާތްތަކަށް ދާންޖެހޭ ގަޑި އަންގައިދެވޭނެއެވެ. އަދި 2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ ވަގުތުގައި މި އޮފީހަށް މެއިލް ކުރައްވާ ފަރާތްތަކަށެވެ.

23 މުޙައްރަމް 1438

24 އޮކްޓޫބަރު 2016