ދިވެހިރާއްޖެ
އިޢުލާން
43 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތާއި، 9 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް 2016:
43 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތާއި، 9 ވަނަ އަތޮޅުލީގު ބެޑްމިންޓަން މުބާރާތް 22 ނޮވެންބަރު 2016 އިން 3 ޑިސެންބަރު 2016 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި ދެމުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ އެންމެހައި ކުޅުންތެރިންނާއި ކްލަބް/ޖަމްއިއްޔާއާއި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީތަކުން މުބާރާތާބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތްކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅައި އެފަރާތެއްގެ ނަމާއި ގުޅޭނެ ނަންބަރު އެނގޭނެގޮތަށް 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން އެންޓްރީ ފޯމާއެކު ބެޑްމިންޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުމަށް ދެންނެވީމެވެ.
އެންޓްރީ ފޯމު އަދި މުބާރާތުގެ ގަވާއިދު:
ޑައުންލޯޑްކުރުމަށް ވެބްސައިޓް www.badmintonmaldives.org.mv އާއި، ފޭސްބުކް ޕޭޖް Badminton Association of Maldives
އެންޓްރީ ފޯމު ހުށަހެޅުމުގެ ސުންގަޑި:
2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް
މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަދި 13:00 ން 16:00 އަށް މި އެސޯސިއޭޝަންގެ ފޯނު ނަންބަރު 3314057 ފޯނަށް ގުޅުން އެދެމެވެ.
މި ދެމުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ކުރިއަށް އޮތް ހަފުތާގައި ޝާއިޢުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.