ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-MS/304/2016/68
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 20 ނޮވެންބަރު 2016 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން

އިޢުލާން

ރ. ދުވާފަރު 238 ނަންބަރު "މުޝްތަރީވިލާ" ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއާބެހޭ

ރ. ކަނދޮޅުދޫ، މުޝްތަރީގޭ އާމިނަތު ޙަސަން (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު: A243079) އާއި، މުޙައްމަދު ސަލީމު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު: A243078) ގެ ނަމުގައި ރ. ދުވާފަރުން ރަޖިސްޓަރީ ކޮށްދީފައިވާ ދުވާފަރު 238 ނަންބަރު "މުޝްތަރީވިލާ" ގެއަށް ހަދައިދީފައިވާ ނަންބަރު: E-8/R-2/2011/16 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އެ ގޯތީގެ ރަޖިސްޓަރީ ހަދައިދިނުމަށް އެދި މި އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

ވީމާ، މި ގޯތީގެ ރަޖިސްޓަރީއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، 2016 ނޮވެންބަރު 20 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

15 މުޙައްރަމް 1438

16 އޮކްޓޫބަރު 2016