ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)365CA/2016/72
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 10 ނޮވެންބަރު 2016 14:30
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ޕްލޭނިންގ އޮފިސަރ

ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސްރ ގްރޭޑް 1

އޮފީސް / އިދާރާ:

މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކައުންސިލުގެ މަޝްވަރާއާއި، ޒިންމާދާރުވެރިޔާގެ ލަފަޔާއެކު، ރަށުގެ ލޭންޑް ޔޫޒް ޕްލޭން ތައްޔާރުކުރުމާއި، ބިން ބޭނުންކުރާގޮތެއްގެމަތިން އެ ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

2. ކައުންސިލުން ރާވައިގެން ހިންގާ އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރާނޭ ފަރާތްތައް، މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތީން ހޯދައި، އެފަރާތްތަކާއި ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުންތައް އެކުލަވައިލައި، ހަވާލުކުރުވާ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލުމާއި، ރެކޯޑުތައް ބެލެހެއްޓުމާއި، ރިޕޯޓުތައް ތައްޔާރުކުރުން.

3. ކައުންސިލުން ހިންގުމަށް ކަނޑައަޅާ އެކިއެކި މަޝްރޫއުތަކުގެ ޕްރޮޕޯޒަލް ތައްޔާރުކުރުމާއި، ކައުންސިލުން ހިނގާ ޕްރޮގްރާމްތަކުގެ އެސްޓިމޭޓް ތައްޔާރުކޮށް، ކައުންސިލުން އަންގާގޮތެއްގެމަތިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

4. ސަރުކާރުން ކައުންސިލާ ހަވާލުކޮށްގެން ރަށުގައި ހިންގާ މަޝްރޫއުތަކާއި އެހެނިހެން މަސްރޫއުތައް މޮނިޓަރކުރުމާއި، އިވެލުއޭޓްކުރުމާއި، ރެކޯޑްތައް ބެލެހެއްޓުމާއި، ރިޕޯޓުތައް ހަދައި ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.

5. ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ބިންތަކާއި، އަމިއްލަ ބިންތަކުގެ ވަގުތީ ރަޖިސްޓްރީއާއި، ގޯތީގެ ރަޖިސްޓްރީއާއި، އިމާރާތްތަކުގެ ރަޖިސްޓްރީ ހެއްދުމާއި ރެކޯޑް ބެލެހެއްޓުން.

6. ޔުނިޓުން ލިޔަންޖެހޭ ސިޓީ މެސެޖުފަދަ ލިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޔައުމިއްޔާއަށް ބޭނުންވާ މައުލޫމާތު ފޯރުވައިދިނުން.

7. ކައުންސިލަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ތަޢުލީމީ ނަތީޖާއާއި އިންޓަވިއުގައި ހޯދާ މާކުހުގެ ޖުމްލައަށް ބަލައިގެން މެރިޓް އުސޫލުން.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2016 ނޮވެންބަރުމަހުގެ ތެރޭގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 ނޮވެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން، މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާއަށް.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.) 

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެ ކޮޕީއެއް.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6720508 ނަންބަރު ފޯނާއެވެ.

 23 މުޙައްރަމް 1438

24 އޮކްޓޫބަރު 2016