މަސައްކަތް
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 02 ނޮވެންބަރު 2016 14:30
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ޕާޓިޝަން ޖެހުމަށް

މި ޑިޕާޓްމަންޓުގެ ބައެއް ސެކްޝަންތަކުގައި އެލްމެނިއަމް ފައްޗާއި ބިއްލޫރި ބޭނުންކޮށްގެން ޕާޓިޝަން ޖެހުމަށް ކުރި ނަންބަރު (IUL)133-AS/1/2016/5 (9 އޮގަސްޓު 2016) އިޢުލާން (ބައެއް ސެކްޝަންތަކަށް ބަދަލުތަކެއް ގެންނަންޖެހޭތީ) ބާޠިލުކޮށް، އަލުން ބައެއް ސެކްޝަންތަކުގައި އެލްމެނިއަމް ފައްޗާއި ބިއްލޫރި ބޭނުންކޮށްގެން ޕާޓިޝަން ޖަހަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ 14:30 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

23 މުޙައްރަމް 1438

24 އޮކްޓޫބަރު 2016