މަސައްކަތް
ނަންބަރު: (IUL)ADAH/I6-HC/2016/1
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:07
ސުންގަޑި: 06 ނޮވެންބަރު 2016 11:00
އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އދ. ދަނގެތީ ޞީއްޙީ މަރުކަޒުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ, މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 11:00 އަށް އދ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ އދ. ދަނގެތީ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް އދ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ އދ. ދަނގެތީ ޞިއްޙީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

26 މުޙައްރަމް 1438

27 އޮކްޓޫބަރު 2016