ދިވެހިރާއްޖެ
އިޢުލާން
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓް ހެދުން
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓް ހެދުމަށް ބޭނުންވާތީ ކުރެވުނު ނަންބަރު: (IUL)242/242/2016/37 އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް އަގު ބޮޑުކަމަށް ފެންނާތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން މި މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ގދ. އަތޮޅު ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން ގދ. އަތޮޅު ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
2016 ނޮވެންބަރު 2 ވަނަ ދުވަހުގެ 11:00 އަށް |
2016 ނޮވެންބަރު 6 ވަނަ ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ.
23 މުޙައްރަމް 1438