މަސައްކަތް
ނަންބަރު: (IUL)23-AP/23/2016/105
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 19:44
ސުންގަޑި: 09 ނޮވެންބަރު 2016 09:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
7 ޞިއްޙީމަރުކަޒެއްގެ އެމްބިއުލާންސް މަރާމާތުކުރުމަށް

އިޢުލާން

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން 7 ޞިއްޙީމަރުކަޒެއްގެ އެމްބިއުލާންސް މަރާމާތުކުރުމަށް ވަނީ ބޭނުންވެފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ ހެނދުނު 9:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

26 އޮކްޓޫބަރު 2016