ވަޒީފާގެ ފުރުޞަތު
ނަންބަރު: GS145/IUL/2016/026
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 18:44
ސުންގަޑި: 01 ނޮވެންބަރު 2016 14:00
ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ   

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

މުސާރަ: މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ގުރައިދޫ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން، ގުރައިދޫ ސްކޫލް                    

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1. އެކިއެކި އެގްރީމަންޓްތަކުގެދަށުން ފައިސާ ދައްކަންޖެހޭ ބިލްތަކަށާއި، ފޯނު ބިލާއި، ކަރަންޓް ބިލާއި، ފެން ބިލަށް ގަވާއިދުން ފައިސާ ދެއްކުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، ފައިސާ ދެއްކުމަށްޓަކައި ޕޯސްޓްކުރާ ބިލްތަކުގެ ސްޓޭޓަސް މަދުވެގެން ހަފްތާއަކު 1 ފަހަރު ބެލުމާއި، ދިމާވާ މައްސަލަތައް ޙައްލުކުރުން.

2. މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސްތައް ދިނުމަށްޓަކައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މުސާރަ ޝީޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކޮންމެ މުވައްޒަފެއްގެ މުސާރަ ސްލިޕް ތައްޔާރުކޮށް މުވައްޒަފުންނާ ހަވާލުކުރުމާއި، މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސް ދިނުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.

3. އެސް.ޓީ.އޯ ކްރެޑިޓް ސްކީމާއި، މޯލްޑިވްސް އިސްލާމިކް ބޭންކް ފަދަ ތަންތަނުން ކްރެޑިޓަށް މުދާ ނަގާފައިވާ މުވައްޒަފުންގެ ފައިސާ ފޮނުވުމާއި، އެކަމާބެހޭ އެންމެހައި ކަންކަން ކަނޑައެޅިފައިވާ މުއްދަތަށް ކުރުން.

4. ކޮންމެ މަހަކު، ހުރިހާ މުވައްޒަފުންގެ ޕެންޝަނަށް ދައްކަންޖެހޭ ފައިސާ މުއްދަތުގެ ތެރޭގައި ދެއްކުމާއި، އަލަށް މުވައްޒަފަކު ހަމަޖެހިއްޖެނަމަ، އެ މުއްޒަފަކު ޕެންޝަން ސްކީމުގައި ރަޖިސްޓްރީކޮށް، އެހެން މުވައްޒަފުންނެކޭ އެއްފަދައިން މުސާރައިން އުނިކޮށް، އެ ފައިސާ ޕެންޝަން އޮފީހަށް ދެއްކުން.

5. ހަވާލުކޮށްފައިވާ މަސައްކަތްތަކާ ގުޅިގެން ހަދަންޖެހޭ ރިޕޯޓްތައް ހަދައި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ހަވާލުކޮށްފައިވާ މަސައްކަތާ ގުޅިގެން ބަލަހައްޓަންޖެހޭ ރެކޯޑްތައް ބެލެހެއްޓުން.

6. ސްކޫލުގެ ބަޖެޓުންނާއި ފަންޑުން ކުރަންޖެހޭ ފައިސާގެ މުޢާމަލާތުތައް، މާލިއްޔަތު ޤާނޫނާ އެއްގޮތަށް ފުރިހަމަކުރުމާއެކު، ސްކޫލުން ކުރެވޭ ފައިސާގެ މުޢާމަލާތުތަކުގެ ލިޔެކިޔުން ތައްޔާރުކޮށް ރައްކާތެރިކަންމަތީގައި ބެލެހެއްޓުން.

7. ސްކޫލުން އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ ތާރީޚަށް ދައްކާ އެކަމުގެ ލިޔެކިޔުން ރައްކާތެރިކަމާއެކު ބެލެހެއްޓުން.

8. ސްކޫލުގެ ސްޓޮކަށް ބޭނުންވާނެ ތަކެތި މާލިއްޔަތު ޤާނޫނާ އެއްގޮތަށް ހޯދައި ސްޓޮކް ބެލެހެއްޓުން (ތަކެތި ގަތުމުގެ ކުރިން -/1000 ރުފިޔާއަށްވުރެ އަގު މަތިވާ ތަކެތީގެ އަގު 3 ތަނަކުން ބެލުމަށްފަހު، ޕީ.އޯ ހަދައި، އެންމެ އަގުހެޔޮ ތަނަކުން ޚިދުމަތް ހޯދައި، ޚިދުމަތާއި ތަކެތީގެ ބިލް ލިބުމުން، ބިލު ރަޖިސްޓަރީއަށް އަރުވައި، ވައުޗަރ ހެދުމަށްފަހު، ތިޖޫރީއާ ހަވާލުވެހުރި ފަރާތަށް ޗެކްހެދުމަށް ވައުޗަރ ހަވާލުކުރުމާއި، ޗެކުގެ މަސައްކަތް ނިމުމުން ވައުޗަރާ ގުޅޭ ޑޮކިއުމަންޓް ހަމައަށް ހުރިތޯ ބަލައި ހަމަކުރުމަށްފަހު، ޗެކާއި ވައުޗަރ ރަޖިސްޓަރއަށް އެރުވައި، ޚިދުމަތާއި ތަކެއްޗަށް ފައިސާދައްކައި ޑޮކިއުމަންޓްތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން)

9. ހިނގަމުންދާ މަހުގެ 10 ވަނަދުވަހުގެ ކުރިން، ނިމުނު މަހުގެ ބަޖެޓް ރިޕޯޓު ތައްޔާރުކޮށް ހުށަހަޅާންޖެހޭ ފަރާތްތަކަށް (ހާޑް ކޮޕީ އޯޑިޓް އޮފީހަށް، ސޮފްޓް ކޮޕީ މިނިސްޓްރީއަށް) ހުށަހެޅުމާއި، ކޯޑްތަކަށް ގެންނަންޖެހޭ ބަދަލު ގެނައުން.   

10. ކޮންމެ އަހަރަކު ދެފަހަރު، މަދަރުސާގެ އިންވެންޓްރީ އަޕްޑޭޓްކޮށް، ޕްރިންސިޕަލަށް ހުށަހެޅުން.

11. ނީލަންކިޔުމުގެ ހުއްދަހޯދައިގެން ނީލަންކިޔުމާއި، ނީލަންކިޔައިގެންނާއި އެހެން ގޮތްގޮތުން ލިބޭ ފައިސާގެ ރަސީދުތައް ތައްޔާރުކޮށް، ދުވަހުފޮތަށް އަރުވައި، ތިޖޫރީއާ ހަވާލުވެ ހުންނަ ފަރާތާ ހަވާލުކުރުން.

12. ތަފާސްހިސާބަށް ބޭނުންވާނެ މަޢުލޫމާތު އެއްކޮށްފައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން.

13. މުވައްޒަފުންގެ އެޓެންޑެންޓް މެޝިން އަޕްޑޭޓްކޮށް ބަލަހައްޓައި، އެކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިދާރީ އެހެން މުވައްޒަފުން ހާޒިރުނުވާ ދުވަސްތަކުގައި ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ފުރިހަމަކުރުން.

14. މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުންވެސް، ކުއްލިޔަކަށް ސްކޫލުގައި ކުރަންޖެހޭ ކަމެއް ދިމާވެއްޖެނަމަ، ދިވެހިރާއްޖޭގެ ޤާނޫނާއި، ސިވިލް ސަރވިސަސް ކަމިޝަނުގެ އާންމު ގަވާއިދުތަކާއި ޚިލާފުނުވާ ގޮތެއްގެ މަތިން، ސްކޫލުގެ ވެރިއަކު އަންގާ ކަމެއް އެމީހެއްގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަން ދިން މިންވަރަކަށް ކުރުން.

15. ސްކޫލުގައި ބާއްވާ ރަސްމިއްޔާތުތަކަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި އެކަމުގައި އެހީތެރިވުން.

16. މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުންވެސް، ކުއްލިޔަކަށް ސްކޫލުގައި ކުރަންޖެހޭ ކަމެއް ދިމާވެއްޖެނަމަ، ދިވެހިރާއްޖޭގެ ޤާނޫނާއި، ސިވިލް ސަރވިސަސް ކަމިޝަނުގެ އާންމު ގަވާއިދުތަކާއި ޚިލާފުނުވާ ގޮތެއްގެ މަތިން، ސްކޫލުގެ ވެރިއަކު އަންގާ ކަމެއް، އެމީހެއްގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން މިންވަރަކަށް ކުރުމާއި، ރަސްމިއްޔާތުތަކަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި އެކަމުގައި އެހީތެރިވުން.

މަޤާމުގެ ޝަރުޠު:

1. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީނު ލިބިފައިވުން.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.                        

އިންޓަވިއު:

މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށްފަހުގައެވެ. އެހެންކަމުން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި، އިންޓަވިއު ބާއްވާނެ ތާރީޚާއި ވަގުތު އެންގޭނެއެވެ. އިންޓަވިއު އޮންނާނީ ގުރައިދޫ ސްކޫލުގައެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓް ލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޓިޑްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

(ރ) ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަގޮތަށް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠުފުރިހަމަވާ ފަރާތްތަކުން، 2016 ނޮވެންބަރު 1 ވާ އަންގާރަދުވަހުގެ 14.00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެތި މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މި ވަޒީފާއަށް ހޮވޭ ފަރާތަށް ދެވޭ ޕްރޮބޭޝަންގެ 3 މަސްދުވަހުގެ ތެރޭގައި ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެނަމަ، ސިވިލް ސަރވިސްގެ ގަވައިދުގައިވާ ގޮތުގެ މަތިން ވަޒީފާއިން ވަކިކުރުމަށް ހުށަހެޅޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން، ގުރައިދޫ ސްކޫލުގެ 6640574 ނަންބަރު ފޯނަށް ރަސްމީގަޑީގައި ގުޅައިގެން ނުވަތަ ސްކޫލް މެއިލް މެދުވެރިކޮށް [email protected] ސާފުކުރުން އެދެމެވެ.

23 މުޙައްރަމް 1438

24 އޮކްޓޫބަރު 2016