ދިވެހިރާއްޖެ
އިޢުލާން
އެލްމިނިއަމް ދޮރާއި ދޮރޮފަތް ހަރުކުރުން:
އެލްމިނިއަމް ދޮރާއި ދޮރުފަތް ހަދައިދީ، ކުލާސްރޫމުތަކުގައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
|
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
|
2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ 13:00 އަށް |
2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ 13:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަދެންނެވީމެވެ. އިތުރުމަޢުލޫމާތު ސާފުކުރަން ގުޅާނީ 7983084 ނަންބަރު ފޯނާއެވެ.
ވިމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.