ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)373/INDIV/2016/56
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 08 ނޮވެންބަރު 2016 13:00
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓިނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އިންޑޯހޯލަށް ބޭނުންވާ ޓިނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.

މި ރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އިންޑޯހޯލް ހިޔާކުރުމާއި، ބިތުގައި ޖަހަން ބޭނުންވާ ޓިނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 8 ވާ އަންގާރަދުވަހުގެ 13:00 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 13:00 އަށް މި އިދާރާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރަން ހާޒިރުވާ، އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، ފޯމުގައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅާ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މި އިދާރާގެ 6740015 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 މުޙައްރަމް 1438

23 އޮކްޓޫބަރު 2016