މަސައްކަތް
ނަންބަރު: 170-B/I/2016/136
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 08:34
ސުންގަޑި: 07 ނޮވެންބަރު 2016 11:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލައިބްރަރީ ޑިވެލޮޕްމެންޓް ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލައިބްރަރީ ތަރައްޤީކުރުމުގެ ނިޒާމުގެ ތެރެއިން، އޮންލައިން ލައިބްރަރީގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ލައިބްރަރީގެ ވަސީލަތްތައް ޑިޖިޓަލައިޒްކުރުމާ ބެހޭގޮތުން ލަފަޔާއި މަޝްވާރާ ދީ، ލައިބްރަރީ ޑިވެލޮޕްކުރުމަށް ކޮންސަލްޓޭޝަން ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 01 ވާ އަންގާރަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިމިވާ ލިޔުންތަކާއެކު ދުރުވެދެއްވުން އެދެމެވެ.

  • ކޮންސަލްޓެންޓުގެ ޕްރޮފައިލް.

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)

  • މި ދާއިރާއިން ކޮށްފައިވާ ދިރާސާތައް ނުވަތަ ތަޖުރިބާތައް، މިފަދަ މަސައްކަތްތަކުގެ ތަފުސީލާއި ރިފަރެންސް ލިއުންތައް.

މަޢުލޫމާތު ސެޝަނުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސެޝަނަށްފަހު މިކަމަށް ޕްރޮޕޯސަލް ހުށަހެޅައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 07 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދުރުވެދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022120 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

24 މުޙައްރަމް 1438

25 އޮކްޓޫބަރު 2016