މަސައްކަތް
ނަންބަރު: 60-ADM/2016/243
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 16:05
ސުންގަޑި: 02 ނޮވެންބަރު 2016 09:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ގއ. ވިލިގިނލި ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލް ކުރުމާއި އާފްޓަރ ސޭލްސް ސަރވިސް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އިޢުލާން

އެސްޓީއޯ ގއ. ވިލިގިނލި ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލް ކުރުމާއި އާފްޓަރ ސޭލްސް ސަރވިސް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އެސްޓީއޯ ގއ. ވިލިގިނލީ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލް ކުރުމާއި، އާފްޓަރ ސޭލްސް ސަރވިސް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 60-އޭޑީއެމް/204/2016 އިޢުލާން ބާޠިލުކޮށް މި ބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވައިލަމެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީކުރުންރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 ނޮވެންބަރު 02 ވަނަ ދުވަހު 09:00 ގެ ކުރިން އެސް.ޓީ.އޯ ގއ. ވިލިގިނލީ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ނޮވެންބަރު 02 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 ނޮވެންބަރު 06 ވަނަ ދުވަހު 1400 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ގއ. ވިލިގިނލި ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ނޮވެންބަރު 10 ވަނަ ދުވަހުގެ 1000  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2016 ނޮވެންބަރު 14 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސްބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ނޮވެންބަރު 20 ވަނަ ދުވަހު 14:00 އެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އަދި ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 ނޮވެންބަރު 20 ވަނަ ދުވަހު 14:00 ގައި އެސް.ޓީ.އޯ ގއ. ވިލިގިނލީ ފިހާރައިގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344196، 3344321

ފެކްސްް:  3344633

އީމެއިލް: [email protected]

24 އޮކްޓޫބަރު 2016