ދިވެހިރާއްޖެ
އިޢުލާން
އެސްޓީއޯއަށް ބޭނުންވާ 2 ވެހިކަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ކުންފުނީގެ ބޭނުންތަކަށް ގަންނަން ހަމަޖެހިފައިވާ، ބޭނުންކޮށްފައިވާ 2 ވެހިކަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 60-އޭޑީއެމް/236/2016 އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.
މަސައްކަތް: މި ކުންފުނިން ދޭ މަޢުލޫމާތާއި ސުޕެސިފިކޭޝަނާ އެއްގޮތަށް ބޭނުންކޮށްފައިވާ 2 ވެހިކަލް ސަޕްލައި ކުރުން.
ބާވަތް: ޑީސަލް ޕިކަޕު
މޮޑެލް: ޓޮޔޯޓާ، ނިސާން އަދި އިސުޒު
ޓަނޭޖް: 2-4 ޓަން
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންވާ ފަރާތްތަކުން 2016 ނޮވެންބަރު 02 ވަނަ ދުވަހު 10:00 ގެ ކުރިން އެސް.ޓީ.އޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ނޮވެންބަރު 02 ވަނަ ދުވަހު އީމެއިލުންނެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު: 3344226,3344196
ފެކުސް: 3344633
އީމެއިލް: [email protected]