ދިވެހިރާއްޖެ
އިޢުލާން
ކުޅިވަރު ސާމާން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ސްކޫލްތަކަށް ބޭނުންވާ ތިރީގައި މިދަންނަވާ ކުޅިވަރު ސާމާން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
1300 ފުޓްބޯޅަ 5 ނަންބަރު 400 ފުޓްބޯޅަ 4 ނަންބަރު 300 ވޮލީ ބޯޅަ 300 ނެޓް ބޯޅަ 400 ހޭންޑް ބޯޅަ ސައިޒު 1 |
400 ހޭންޑް ބޯޅަ ސައިޒު 2 150 ހޭންޑް ބޯޅަ ސައިޒު 3 300 ބާސްކެޓް ބޯޅަ 700 ހޫލާ ހޯޕްސް
|
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
2016 އޮކްޓޫބަރު 31 ވަނަ ދުވަހުގެ 14:00 އަށް |
2016 ނޮވެމްބަރު 15 ވަނަ ދުވަހުގެ 14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.