ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2016/234
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 05 ނޮވެންބަރު 2016 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ

މަޤާމް :އެސިސްޓެންޓް މެނޭޖަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް މެނޭޖަރ

މުސާރައާއި އެލަވަންސް:

މަހަކު -/11300 ރުފިޔާ

އިތުރުގަޑި: 

އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ރޭންކް:

AS 1

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

އީ-ކޮމާރސް އެންޑް މާރކެޓިންގ

މަޤާމުގެ ޝަރުޠު:

ގުޅޭ ދާއިރާއަކުން އަންޑަރގްރެޖުއޭޓް ޑިގްރީއެއް އޮތުމާއެކު، ދާއިރާގެ މަޤާމެއްގައި 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް އޮތުމާއެކު، ދާއިރާގެ 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާގެ 14 (ސާދަ) އަހަރުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- އީކޮމާސް އެންޑް މާކެޓިންގ ޑިޕާޓްމަންޓުގެ ޕްރޮޖެކްޓްތައް ރާވައި ހިންގުން.

- ނިއު މީޑިޔާގައްޔާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ކުންފުނީގެ ޕްރޮޑަކްޓްތައް ޕްރޮމޯޓްކުރުން.

- ކުންފުނީގެ ބްރޭންޑްތައް މެނޭޖްކުރުމުގައި އެހީވުން.

- ކުންފުނީގެ އީކޮމާސް ޕްލެޓްފޯމްތައް މެނޭޖްކޮށް ބެލެހެއްޓުން.

- ކުންފުނީގެ އެންމެހައި ޕްރޮޑަކްޓްތައް ޑިޖިޓަލް މީޑިޔާގެ ޕްލެޓްފޯމްތަކުގައި ބޭނުން ކުރެވޭގޮތައް ތައްޔާރުކުރުން.

- ކުންފުނީގެ ޑިޖިޓަލް ޕްލެޓްފޯމްތަކާއި، މަލްޓިމީޑިޔާ ޕްލެޓްފޯމުތައް (ކުންފުނީގެ ވެބްސައިޓާއި، ސޮފްޓްވެއަރއާއި އެޕްލިކޭޝަންތައް) މެނޭޖްކޮށް ބެލެހެއްޓުން.

- ކުންފުނީގެ ޕްރޮޑަކްޓްތައް މާކެޓްކުރުމަށް، ތަފާތު ޕްލެޓްފޯމުތަކުގައި ކަންކަން ރާވައި ހިންގުން.

- ކުންފުނީގެ އިންޓާނަލް ކަންކަން ރާވައި ހިންގުމާއި، އީމާކެޓިންގެ ކަންކަން ރާވައި ހިންގުން.

ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަލްޓިމީޑިޔާ، މާކެޓިންގ އަދި ޕީ. އާރު. ގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

- އިނޮވޭޓިވް ޚިޔާލުތަކާއި ކްރިއޭޓިވިޓީގެ މިންވަރަށް ބަލައިގެން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭކަމުގެ ސިޓީ.

- ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރައްވާފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީއެއް.

- ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް، ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ނޮވެންބަރު 5 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

24 މުޙައްރަމް 1438

25 އޮކްޓޫބަރު 2016